ކޯޓުގެ ހުއްދަ ނެތި ދެ އަތްބަށް މީހަކާ އިނުމަކީ ގާނޫނީ ކުށެއް: އެޓަރނީ ޖެނެރަލް
ދެންމެ | 06 ޑިސެމްބަރ 2022

އާޢިލާގެ ގާނޫނުގެ ދަށުން ކޯޓުގެ ހުއްދައެއް ނެތި އެއް އަންބައްވުރެ ގިނަ މީހުންނާއި ކައިވެނި ކުރުމަކީ ކުށެއްކަމަށް އެޓޯނީ ޖެނެރަލް (އޭޖީ) އޮފީހުން އަންގައިފި އެވެ.

އޭޖީ އޮފީހުން މިހެން ބުނެފަވަނީ އެއޮފީހުން އިއްޔެ ކޮށްފައިވާ ޓްވީޓެއްގަ އެވެ.

އެގޮތުން އޭޖީ އޮފީހުން ކޮށްފައިވާ ޓްވީޓުގައިވާ ވީޑީއޯގައި ބުނެފަވަނީ މިކުށުގެ އަދަބަކީ 5000ރ (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކަށް ޖޫރިމާނާ ކުރުން ކަމަށެވެ.

އާއިލާ އާއި ބެހޭ ޤާނޫނުގެ 65 ވަނަ މާއްދާގައިވާ ގޮތުން ކާާވެންޏެއް ކޮށްގެން ހުރި ފިރިހެނަކު އާއިލާ އާއި ބެހޭ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން ހުއްދަ ނުހޯދައި އެއްއަންބަށްވުރެ ގިނަ އަންބަށް ކާވެނިކުރުމަކީ ކުށެކެވެ.

އެއް އަންބައްވުރެ ގިނަ މީހުންނާއި ކައިވެނި ކުރަން ކޯޓަށް ހުށަހަޅައިފިނަމަ އެމީހަކަށް ލިބޭ އާމްދަނީ ކޯޓުން ކަށަވަރުކޮށް ދޮށީ އަނބިމީހާ އަށް ފިރިމީހާ އިތުރު ކައިވެންޏެއް ކުރަން އުޅޭކަން ކޯޓުން އަންގާނެ އެވެ.

ދެވަނަ ކައިވެނި ސިއްރުން ކުރުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކަން ފާހަގަކުރެވެ އެވެ.

ދެއަންބަށް މީހުންނާއި އިނުމަކީ ރާއްޖޭގައި ގިނަ މީހުން ހޭލުންތެރިކުރަން ޖެހިފައިވާ ކަމެކެވެ. ގިނަ ފަހަރު ދެއަންބައް އިނދެގެން އުޅޭ އިރު ދެ އަންބިން ތަފާތުކުރެވޭ ތަން އާދެއެވެ. މީގެ ސަބަބުން އާއިލާ ރުޅި ދަރިން ބިކަވެގެން ދާތަން ވަރަށް ގިނައިން ފެނިގެންދެ އެވެ.

ދެއަންބަށް މީހުންނާއި އިންނަން ބޭނުންވާނަމަ އިސްލާމް ދީނުގައި އެކަން ކުރުން އޮންނަ ގޮތް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!