އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަން ފެއްޓުމާއެކު، ޗޯރު އިބޫގެ އަޑުން މުޅި ސަރަހައްދު ގުގުމާލައިފިއެވެ.
އެމްޑީޕީގެ މައި ޖަގަހައިގައި މިޖަލްސާ މިހާކުރިއަށްދާއިރު، އާންމުން އަންނަނީ ރައީސް ސޯލިހްގެ އިސްތިއުފާއަށް ގޮވަމުންނެވެ.
މިރޭގެ ޖަލްސާއަށް ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވުމަށް މަޖުބޫރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެއިތުރުން ސޯލިހްގެ ކެމްޕެއިން ޖަލްސާގައި ރީނދޫ ޓީޝާޓްލީ ބިދޭސީންތަކެއް ހަރަކާތްތެރިވާ ފޮޓޯތަކެއް ވެސް ވަނީ އާންމު ވެފައެވެ.
ރައީސް ސޯލިހްގެ ޖަލްސާ ކުރިއަށްދާއިރު، ހަމަ އެސަރައްދުގައި އިދިކޮޅު ކޯލިޝަނުން ވެސް އަންނަނީ ޖަލްސާއެއް ބާއްވަމުންނެވެ. އެގޮތުން މި ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާކަން ފާހަގަ ކުރެވެއެވެ.
މަށަށް ހެޔޮ ކޮންމެ މީހެއް ވެރިކަމަށް އެރިޔަސް.. ކުރާނީ ވައްކަން، ބޭރުފުސުން ދައްކާނީ ދަޅަ.. ހެއްލިފަ ތިބޭ ވާންޗޯ ކުރާނެ ކަމެއް ނެތި ލާޗާރު ބިޗާރުވާ މީހުންނާ، އިތުރު ގޮތެއް ނެތި ވަޒީފާގެ ބިރަށް ދާ މީހުންނާ.. ސަރުކާރު ހޮވިގެން ވަޒީފާގެ ހުވަފެން ބަލާމީހުންނާ ތިބޭނެ ”ހޮޕް ހޮޕް“ ކިޔަން އެއްވާ ތަންތާނގަ… ނަމަވެސް މި ލިޔުން ކިޔާލީމާ ދޭހަ ވެއްޖެ މި ނޫހުގެ ފެންވަރާ ލިޔުންތެރިޔާގެ ފަންވަރާ ވަރަށް ރަނގަޅަށް.. ކެންޕެއިނަކީ ނޫސްވެރިންގެ ޓެގުގަ ކުރާ ކަމެއް ނޫން އެއްވެސް ޙާލެއްގަ..
މި ހަބަރު ލިޔުނު ގޮލާ ރޭރު ވެގެން ގޮސް އަމިއްލަ މީހާގެ އަމާ ތަޅާލިޔޯ
ތީކީ ނޫސްވެރިންނެއް ނޫން.
ރޭރުވީ ލަދެއްހަޔާތެއް އަދަބެއް އަހުލާގެއް ނުލައްވާ 12 ގަނޑު ޓިނު
ހަމަޔަގީނުންވެސް ދޫވެއްސައް ވަން ފައިސާ ހަލާލެއްނޫން ވަނީ ވަގުފައިސާ އަމިއްލަ ފުޅަށް ރޭރުވެގެން ގޮވީ .
އެއްވެސް ރޭރެއް ނުވޭ ވަގު ޔާމީބުގެ ބައިގަނޑު ރޭރުޗެގެން ހުއްޓާލައިފަ ބަޗައިފި..
މިފެންވަރު މީހުން ނޫސް ހިންގަން އުޅެންފެށީމަ އެބައެނގޭ ރާއްޖޭގެ ނޫސްވެރިކަން އޮތް ހިސާބު
ސުރުޚީ އެކަނި ބަލާލަަފަވެސް ލިޔުންތެރިޔާގެ އަދަބު އަޚްލާގު ރަނގަޅުވާން ޖެހޭކަން އެނގޭ. މަގުމަތީ ބަހުރުވައިން ލިޔުމަކީ ވަރަށް ބޭއަދަބީ ކަމެއް
ގޮތެއް ފޮތެއް ނެއް ޕީޕީއެމް އާލާތުންނަށް ހަޖަމެއް ނުވާނެ.
ކެކެ.ކިހާގިނަ ރައްޔިތުނެއް ބައިވެރިވީ ވަގު މިނިވަންކުރާ ޖަލްސާގަ؟؟ ޓިނުވަގު ބުނި 100 ހަމަނުބެޔޭ…
ޙުސްދޮގު