ރައީސް ސޯލިހް ދޫކޮށް، ކުޅުދުއްފުށީ މޭޔަރ ރައީސް ނަޝީދަށް ތާއީދު ކުރައްވައިފި
ދެންމެ | 07 ޖެނުއަރީ 2023
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވެސް ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ތާއީދު ކުރަށް ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށްކަން ހާމަކުރަށްވައިފިއެވެ.

އާތިފް މިކަން އިޢުލާން ކުރެއްވީ މިއަދު މީސްމީޑިޔާގައި ރައީސް ނަޝީދުގެ ޕޮޓޯއެއް ހިއްސާކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.

އެޕޯސްޓުގައި ވިދާޅުވީ، އެމް.ޑީ.ޕީގެ 3 އަހަރުގެ ސަރުކާރަކާއި 4 އަހަރުގެ ސަރުކާރެއް އަޅުގަނޑުމެން ތަޖުރިބާކޮށްފިކަމަށާއި، ކުޅުދުއްފުއްޓަށް އެންމެ ބޮޑު ތަރައްޤީއަކާއި ހެޔޮބަދަލެއް ގެނެވިފައިވަނީ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުގައި ހޭދަކުރެއްވި ކުރު މުއްދަތުގައި ކަމަށެވެ.

”ކުޅުދުއްފުށީގެ ގިނަ ރައްޔިތުން މިއަދުވެސް ތިބީ އެފަދަ ހަލުވި ތަރައްޤީއަކަށް ފެންބޮވައިގެންފަ.“

އާތިފް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އަބަދުވެސް އެންމެ މުހިންމުވާ ކަމަކީ ރައްޔިތުންގެ މަސްލަހަތާއި، ކުޅުދުއްފުށީގެ ކުރިއެރުމާއި ތަރައްޤީކަމަށްވާތީ މިއަހަރުގެ އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައިވެއެވެ.

އާތިފް މިކަން އިޢުލާން ކުރެއްވުމުގެ ކުޑައިރުކޮޅެއް ކުރިން، އެސިޓީގައި މި ސަރުކާރުން ހިންގަމުން އަންނަ ޕްރޮޖެކްޓްތައް ސުލޯކަމަށް ވިދާޅުވެ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފްވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ކުރެއްވުމަށް ނިންމަވާ އެކަން އިޢުލާން ކުރައްވާފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޕްރައިމަރީ ވަރަށް ވާދަވެރިކޮން ފެންނައިރު، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދު އާއި އެމްޑީޕީގެ އިސް ލީޑަރު، ރައީސް ސާލިޙް ވެސް ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިކުރިއަށް ގެންދަވަމުންނެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!