ހިޔާލު ހޯދުމުގެ ހުރިހާ ޕޯލަކުން ރައީސް ސޯލިހް ބަލިކޮށް، އިންތިހާބު ކާމިޔާބު ކުރަނީ ރައީސް ނަސީދު.
ދެންމެ | 15 ޖެނުއަރީ 2023

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ވާދަ ކުރައްވާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރާނެ ކަމަށް ނަގާ ހިޔާލު ހޯދުމުގެ ހުރިހާ ޕޯލަކުން ކުރީގައި އުޅުއްވަނީ ރައީސް ނަސީދެވެ.

މިމަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަސީދާއި ވާދަ ކުރައްވަނީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް ސޯލިހެވެ. ދެބޭފުޅުންގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު ދެބޭފުޅުން ވެސް ގެންދަވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވަމުންނެވެ.

މީޑިޔާގެ ވަސީލަތްތަކުންނާއި އަމިއްލަ ފަރާތްތަކުން ސޯސިއަލް މީޑިޔާ މެދުވެރިކޮށް ނަނގަމުންދާ ހުރިހާ ހިޔާލް ހޯދުމުގެ ޕޯލުތަކުން ވެސް ފެންނަނީ ރައީސް ސޯލިހުގެ މައްޗައް ބޮޑުތަނުން ރައީސް ނަސީދު ކުރި ހޯއްދަވާ މަންޒަރެވެ.

ހިޔާލް ހޯދުމުގެ ޕޯލުތަކުން ރައީސް ނަސީދު 62 ޕަސެންޓުގެ އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ބުނާއިރު ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނެ ކަމަށް ބުނެފައި ވަނީ 38 ޕަސެންޓެވެ.

މުޅި ދައުލަތާއި ސަރުކާރާއި ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ރައީސް ސޯލިހަށް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، ރައީސް ނަސީދު ކެމްޕޭން ކުަރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މަދު މެމްބަރުން ކޮޅަކާއި އެކު ރައްޔިތުންގެ ބޮޑު ސަޕޯޓަކާއި އެކުގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!