ފުލުހުންނަށް ހަމަލާދިން މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފި
ދެންމެ | 11 ސެޕްޓެމްބަރ 2022

މާލޭގައި 3 ފުލުހަކަށް ޙަމަލާދީ ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުކުރި 3 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 20 އަހަރުގެ 2 ޒުވާނުންނެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ފުލުހުންނަށް ހަމަލާދީފައިވަނީ ހެންވޭރުގައި އޮންނަ ގްރޫޕަކަށް ނިސްބަތްވާ ބަޔަކު ކަމަށެވެ. އަދި އެ މައްސަލާގައި ޝާމިލުވާ އެންމެން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ސީޕީ ޙަމީދު ވަނީ ދެއްވާފައެވެ.

ސީޕީ ވިދާޅުވީ އެކަމާގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަންގަވާފައިވާނެ ކަމަށެވެ. އަދި ފުލުހުންގެ އޮފިސަރުންނަށް ކުރާ އަނިޔާތައް ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!