ރައީސް ސޯލިހުގެ ކެމްޕޭން ޓީމުތައް މާޔޫސްވެ ގޮތް ހުސްވެފައި ވަނިކޮށް ރައީސް ސޯލިހުގެ އަނބިކަބަލުން ފަޒުނާ އަހުމަދު ކެމްޕޭނަށް ނިކުމެއްޖެ އެވެ.
ސިޔާސީ ކަންކަމުގައި ނޫޅުއްވާނެ ކަމަށް ވިދާޅުވެފައިވާ ފަޒުނާ ވަނީ މާލޭގެ ކެމްޕޭން މެނޭޖަރުންނާއި އެކު މައި މެނޭޖަރު ތަސްމީންގެ ކޮއްކޮ ނާސިޒު ބޭއްވެ ބައްދަލުވުމުގައި ވެސް ބައިވެރިވަޑައިގެންފަ އެވެ.
ސޯސިއަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން އިބޫގެ ކެމްޕޭނުގައި މަސައްކަތް ކުރައްވާ ވަނީ ވަރަށް ބޮޑަށް މާޔޫސްވެ ކަންބޮޑުވެފަ އެވެ.
ކެމްޕޭން ފޯރިގަދަ ވެފައިވާއިރު ހިޔާލު ހޯދުމުގެ ވޯޓުތަކުން ކުރީގައި އުޅުއްވަނީ ރައީސް ނަސީދެވެ.
ގުޅުންހުރި ލިޔުންތައް