އެމްޓީޑީސީގެ ހިއްސާއަކަށް 60 ލާރި ބަހަން ފާސްކޮށްފި
ދެންމެ | 10 ޖޫން 2022

އެމްޓީޑީސީގެ ހިއްސާއަކަށް 60 ލާރި ބަހަން އެކުންފުނީގެ އަހަރީ އާއްމު ޖަލްސާއިން ފާސްކޮށްފިއެވެ.

ފަތުރުވެރިކަމުގެ ވިޔަފާރިއަށް ރައީސް މައުމޫންގެ ވެރިކަމުގައި އުފެއްދި އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ ރޭ ވަނީ ބާއްވާފައެވެ. މިޖަލްސާގައި އެމްޓީޑީސީގެ 18000 ހިއްސާދާރުން ބައިވެރިވިއެވެ.

ރޭގެ ޖަލްސާގައި ފާސްކޮށްފައިވަނީ މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 60 ލާރީގެ މަގުން 28 މިލިއަން ރުފިޔާ ބެހުމަށެވެ. މިދިޔަ އަހަރު އެެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 211 މިލިއަން ރުފިޔާއެވެ.

2021 ވަނަ އަހަރު ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 60 ލާރި ބަހަން އަހަރީ އާއްމު ޖަލްސާއިން ނިންމިއިރު، މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގައި ފާސްކުރީ އެ ކުންފުނިން ހިއްސާއަކަށް 50 ލާރި ބެހުމަށެވެ.

އެމްޓީޑީސީގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ދާދި ފަހުން އެ ކުންފުނިން ވަނީ ހުޅުމާލެ އިން 7،000 އަކަފޫޓުގެ ބިމެއް ގަނެފައެވެ. އެ އޮފީސް އިމާރާތާއެކު އެމްޓީޑީސީގެ ހިންގުމުގެ ހަރަދު ކުޑަކުރެވި، އެ ކުންފުންޏަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ފަހިވާނެ ކަމަށް އެމްޓީޑީސީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!