އަމުރު ނަސީދަށް ތާއީދު ކުރުމުން މަގާމުން ވަކި ކުރައްވާނެ ކަމުގެ އިންޒާރު އިބޫ ދެއްވައިފި
ދެންމެ | 22 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވައި، ކެމްޕެއިނަށް ނުކުމެވަޑައިގެންނެވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މަގާމުން ވަކި ކުރައްވާނެ ކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިންޒާރެއް ދެއްވައިފިއެވެ.

މަސްވެރިކަމުގެ ސިނާއަތް އެންމެ ބޮޑު ހުވަދޫއަށް ވަޑައިގެން، ގދ. ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގެ ކަންކަން ރަނގަޅު ކުރުމަށް ހަވާލުކޮށްފައި ވަނީ މިފްކޯ އާއި އެސްޓީއޯއަށް ކަމަށެވެ. ޕްރައިމަރީގައި އެސްޓީއޯގެ އެމްޑީ އަމްރު ރައީސް ނަޝީދާ އެކު ހުންނެވުމުން އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ކަނޑައެޅި އަމާޒުތައް ހާސިލުނުވެވި މަޑުޖެހިދާނެތީ ބަޔަކު، ސުވާލު އުފައްދަފާނެ ކަމަށެވެ.

“ސަރުކާރުގެ ސިޔާސަތެއް، ތަންފީޒު ކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން އެއްވެސް ކުންފުންޏަކުން ފަހެއް ނުޖެހޭނެ. އެކަންތައްތައް އަޅުގަނޑުމެން ކުރާނަން. އަދި ކުރެވޭ ގޮތަށް އެކަންތައްތައް އަޅުގަނޑުމެން ބަދަލު ކުރާނަން،” ރައީސް ވިދާޅުވިއެވެ.

“ތިމާގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ މިފަދަ މަޝްރޫއުތައް ހުއްޓުމަކަށް ނުގެނެވޭނެ.،” ހުވަދޫއަށް ނިސްބަތްވެވަޑައިގަންނަވާ އަމްރަށް އިޝާރާތްކޮށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ މަޝްރޫއުތައް ނުހުއްޓި ކުރިޔަށް ގެންދިއުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންކަން ބަރާބަރަށް ކުރިޔަށް ގެންދާނެ ކަމަށެވެ. ސަރުކާރުގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށްޓަކައި ފަހަތަށް ޖެހިވަޑައިގަންނަވާކަން ނުޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އޮންނާނީ ކުންފުނިތަކުގެ މުވައްޒަފުންގެ ހިމާޔަތުގައި ކަމަށެވެ.

ރައީސް ވިދާޅުވީ އެއްވެސް ދާއިރާއެއްގައި ސަރުކާރުން ކުރަން ރާވާފައި ހުރި މަސައްކަތްތައް މަޑުނުޖެހި ކުރިޔަށް ގެންދަވާނެ ކަމަށެވެ. އެ ޔަގީންކަން ރައްޔިތުންނަށް ރައީސް ވަނީ އަރުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!