މި އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އައްޑޫ ސިޓީގައި އެންމެ ބޮޑު ތާއީދެއް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށާއި މާލެ ސިޓީއަށް ވުރެ އައްޑޫ ސިޓީގައި ރައީސް ސޯލިހަށް އޮތް ތާއީދު ބޮޑު ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި މިރޭ ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ މާލެ ސިޓީއަށްވުރެ އައްޑޫ ސިޓީގައި ރައީސް ސޯލިހުއަށް ތާއީދު ކުރައްވާ ބޭފުޅުން ގިނަ ކަމަށެވެ.
ހާއްސަކޮށް އައްޑޫ ސިޓީގެ ބޭފުޅުން ރައީސް ސޯލިހުއަށް ތާއީދުކުރައްވަން ޖެހޭ ސަބަބުތައް ހާމަކުރައްވައި މޭޔަރު ވިދާޅުވީ ފާއިތުވި ހަތަރު އަހަރު އައްޑޫ އަށާއި މި ގައުމުގެ ރައްޔިތުންނަށްޓަކައި އެތައް ކަމެއް ކޮށްދެއްވި އަދި ކޮށްދެއްވަމުން ގެންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ދެވަނަ ދައުރެއް ކޮންމެހެންވެސް ދޭންޖެހޭނެ ކަމަށެވެ