ނަމަނަމަ މުސާރައިގެ އަދަދު ފިރިން ގާތު ނުބުނާތި!
ދެންމެ | 27 އޭޕްރިލް 2024
މުސާރައިގެ ވާހަކަ ދެއްކުމަކީ ގިނަ ފަހަރަށް މަސައްކަތުގައި މޫނު ކުނިކޮށްލާ ކަމެކެވެ. މުވައްޒަފުން މުސާރައިގެ މައުލޫމާތު ސިއްރުކުރަނީ މީހުން އޭނާ ”ޖަޖް ކޮށް“ ނުވަތަ އޮފީހުގެ އަދަބާއި ހިލާފްވެދާނެތީ އެވެ. ނަމަވެސް މިއީ މިހާރު ބަދަލުވަމުން އަންނަ ސަގާފަތަކެވެ. ފަހަކަށް އައިސް މީހުން ގަބޫލުކުރާގޮތުގައި މުސާރަ ސިއްރު ކުރުމަކީ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އިތުރުވެ މީހުން އެކުގައި މަސައްކަތް ކުރަން ދަތިވާނެ ކަމެކެވެ. މަސައްކަތުގެ މާހައުލު އިންސާފުވެރިކޮށް އަދި ބާރުވެރިކުރުވުމަށްޓަކައި ”ޕޭ ޓްރާންސްޕޭރެންސީ“ މުހިންމެވެ.

ހަމަހަމަކަމާއި އިންސާފުވެރިކަން އިތުރުކުރުން

މުސާރައިގެ ތަފާތުކުރުމާ ދެކޮޅަށް ހަނގުރާމަކުރުން:

ބޮޑެތި ކުންފުނިތަކާއި އޮފީސްތަކަކީ އެކި ފަންތީގެ އެކި ޖިންސުތަކުގެ އަދި އެކި ހިސާބުތަކުގެ މުވައްޒަފުން މަސައްކަތްކުރާނެ ތަނެކެވެ. އަހަރެމެން ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިއަސް، މިފަދަ އޮފީސްތަކުގައި ކޮންމެވެސް ވަރެއްގެ ތަފާތުކުރުންތަކެއް ހުރެ އެވެ. މަގާމުތަކަށް މީހުން އައްޔަނުކުރުމާއި، މަސައްކަތް ހަވާލުކުރުމާއި ގާބިލްކަން ކަށަވަރުކުރުމާއި، މުސާރަ ދިނުމުގައި ވެސް މެ އެވެ. އަދި މިހެން ވާއިރު، މުސާރަ އާންމުކުރުމަކީ ނަސްލާއި ޖިންސާއި އުމުރު ފަދަ ކަންކަމުގެ ސަބަބުން މުސާރައިގެ ފަރަގުތައް ހޯދައި ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

 

އަންހެނުންނާއި ފިރިހެނުންގެ މުސާރައިގެ ފަރަގު ކުޑަކުރުން:

އެވްރެޖްކޮށް އަންހެނުންނަށް އަދިވެސް ފިރިހެނުންނަށް ވުރެ މަދުން އާމްދަނީ ލިބޭއިރު، މިހެން ކަން ދިމާވާ އެއް ސަބަބަކީ އެއްބަޔަކު އަނެއްބަޔަކަށް ލިބޭ މުސާރަ ސިއްރުކުރުމެވެ. މީހުން ފާޅުގައި މުސާރައިގެ ވާހަކަ ދައްކާއިރު، ކުންފުނިތަކަށް އުޖޫރައާ ބެހޭ ގޮތުން ނާއިންސާފު އުސޫލުތައް ގެންގުޅެން އުނދަގޫވެ، ދިގު މުއްދަތުގައި ޖެންޑަ ޕޭ ގޭޕް ކުޑަކުރުމަށް އެހީތެރިވެދެ އެވެ.

 

އިތުބާރު ބިނާކޮށް އެކުގައި މަސައްކަތް ކުރުން

އިތުބާރު އުފެއްދުން:

ކުންފުންޏެއް ނުވަތަ އޮފީހެއްގައި، އެންމެނަށް ލިބޭ މުސާރަ ސާފުވުމަކީ އެތަނެއްގެ މާހައުލުގައި އެކަކު މުސާރަ ސާފުވާއިރު، މަސައްކަތްތެރިންނަށް ހީވަނީ އެމީހުންގެ ވެރިން އެމީހުންނަށް އަގު ދީ އިހްތިރާމްކުރާހެންނެވެ. މި ފެންވަރުގެ ފާޅުކަން ބޮޑު ގޮތެއްގައި ޓީމުގެ ތެރޭގައި އިތުބާރު އުފެދެނީ މުސާރައާ މެދު އެއްވެސް ސިއްރެއް ނުވަތަ ޝައްކެއް ނެތުމުންނެވެ. އެއާއެކު އެކުގައި މަސައްކަތްކުރުމުގެ ހިތްވަރު އާލާވެ، އެކަކު އަނެކަކަށް ހިތްބުރަ ނުކޮށް މަސައްކަތް ކުރިއަށް ގެންދާނެ ފުރުސަތު ފަހިވެގެންދެ އެވެ. އެއްބާރުލުމަށް ހިތްވަރުދިނުން:

މަސައްކަތްތެރިންނަށް އިންސާފުވެރި މުސާރަ ލިބެމުންދާކަން އެނގޭ ވަގުތުތަކުގައި އެކުގައި މަސައްކަތްކުރާ މީހުންނާ އެކު ރަނގަޅަށް މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެ އެވެ. ސާފު މުސާރަ ލިބުމުން ރުޅިވެރިކަން ކުޑަވެ، ހިއްސާކުރެވޭ ކާމިޔާބީގެ އިހުސާސް އިތުރުވެ، ޓީމް ވޯކް ރަނގަޅުވެ އާ ޚިޔާލުތައް އުފެދެ އެވެ.

 

މުވައްޒަފުން ބާރުވެރިކުރުން:

މައުލޫމާތަކީ ބާރެވެ. ހާމަކަން ބޮޑު މުސާރައިގެ ސަބަބުން މަސައްކަތްތެރިންނަށް މުސާރައިގެ ވާހަކަ ދައްކާއިރު އަމިއްލައަށް ވާހަކަ ދެއްކުމުގެ އިތުބާރު ލިބެ އެވެ. އެމީހުންނަށް ލިބޭ މުސާރައާއި އެމީހުންގެ ދާއިރާގެ އުސޫލުތަކާ އަޅާކިޔައިގެން އެމީހުންގެ ހުނަރާއި ތަޖުރިބާއަށް އިންސާފުވެރި އުޖޫރައެއް ލިބެމުންދާކަން ޔަގީންކުރެވޭނެއެވެ.

މިއީ ފަސޭހަ ބަދަލެއް ނޫން!

 

ކުންފުނިތައް ޖަވާބުދާރީ ކުރުވުން:

މުސާރައާ ބެހޭގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކުމަކީ ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ދޭ ގޮތުގެ ޒިންމާ އުފުލަންޖެހޭ ކަމެކެވެ. އެއީ އިންސާފުވެރިކަމާއި ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ ރަނގަޅު މަސައްކަތުގެ ސަގާފަތަކަށް ތާއީދުކުރާ އެންމެންނަށް އިންސާފުވެރި އަދި ހަމަހަމަ މުސާރަ ނިޒާމުތައް ގާއިމްކުރުމަށް ކުންފުނިތަކަށް ބާރުއަޅާ ކަމެކެވެ.

ޑްރައިވިން ޕާފޯމަންސް އެންޑް އެންގޭޖްމަންޓް:

މުވައްޒަފުން މަސައްކަތުގެ ޝާމިލްވެ، ބޮޑަށް މަސައްކަތްކުރާހިތްވަނީ އެމީހުންނަށް ހައްގު މުސާރައެއް އެތަނަކުން ލިބޭނެކަން ޔަގީންވާތީއެވެ. އެކަކު އަނެކެކަށް ލިބޭ މުސާރަ ސާފުވުމުން، މުވައްޒަފުންގެ ކިބައިގައިހުންނަ މަސައްކަތް ކުރުމުގެ ޝައުގު އިތުރުވެ، ކުންފުނީގެ އަމާޒުތަކާ އެއްގޮތްވުމުގެ ފުރުސަތު ބޮޑުވެ، އެކަމުގެ ސަބަބުން ޕާފޯމަންސާއި އުފެއްދުންތެރިކަން އިތުރުވެގެންދެ އެވެ.

ޕޭ ޓްރާންސްޕޭރެންސީ އަކީ ހަމައެކަނި އަދަދުތަކެއް ބުނެދިނުމެއް ނޫނެވެ. އެއީ އިތުބާރާއި، އިންސާފުވެރިކަމާއި، ޓީމް ވޯކްގެ ސަގާފަތެއް ބިނާކުރުމެވެ. ފާޅުކަން ބޮޑު ގޮތެއްގައި ތެދުވެރިކަމާ އެކު ކުންފުނިތަކާއި އިދާރާތަކުން ހަމަހަމަކަމަށް ތާއީދުކޮށް، ރަނގަޅު މަސައްކަތުގެ މާހައުލެއް އުފެއްދުމާއި، މަސައްކަތްތެރިންނަށް ރަނގަޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ލިބިދިނުމަށް އެޅޭ ބާރެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!