ފަހު ވަގުތު މެމްބަރު ސަލީމާއި އާއި ރާއްޖެ ޓީވީގެ ތާއީދު ރައީސް ނަސީދަށް
ދެންމެ | 28 ޖެނުއަރީ 2023

ފަހު ވަގުތު ހޯރަފުށީ މެމްބަރު ސަލީމާއި އާއި ރާއްޖެ ޓީވީން ރައީސް ނަސީދަށް ތާއީދުކޮށްފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު ކެމްޕޭން ނިންމުމާއި ހަމައަށް ވެސް މެމްބަރު ސަލީމް ހުންނެވީ ދެ ރައީސުންކުރެ އެއްވެސް ރައީސަކަށް ތާއީދުނުކޮށެވެ.

މެމްބަރު ސަލީމް ރައީސް ނަސީދަށް ތާއީދު ކުރަން ނިންމެވީ އިންތިހާބު ކާމިޔާބު ކުރައްވާނެ ޔަގީންވުމުންނެވެ.

ކެމްޕޭން ނިންމާލުމަށް ބޭއްވި ދެ ރައީސުންގެ ރެލީއަށް ފަހު ގިނަ އަދަދެއްގެ އެމްޑީޕީ މަޖިލީސް މެމްބަރުން ގެންދަނީ ސިއްރިއްޔާތުގައި ރައީސް ނަސީދަށް ތާއީދުކޮށް ބައިއަތު ހިފަމުންނެވެ.

ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ވެސް ގެންދަނީ ފަހު ވަގުތު ރައީސް ނަސީދަށް ތާއީދު ކުރައްވަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!