މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނުގެ އެމްއާރުއެމުން ރައީސް ސޯލިހަށް ތާއީދު ނުކުރާނެ ކަމަށް ޓީމް އެމްއާރުއެމް އިން ބުނެފި އެވެ.
ޓީމް އެމްއާރުއެމުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްއާރުއެމުން ރައީސް ސޯލިހަށް ތާއީދު ކުރީ ސަރުއީ ނިޒާމް ހަރުދަނާކޮށް ކަރަޕްޝަނާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވައުދުވުމުން ކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުން ވައުދުތައް ފުއްދާފައި ނުވާ ކަމަށެވެ.
Promises were made in 2018.
The most important of those promises were to clean up the judiciary & to bring an end to corruption on all levels.
That didn't happen. Dont expect MRM to back @ibusolih again. We have our own beliefs and principles. https://t.co/uxcOuWpxrN
— 𝙏𝙚𝙖𝙢 𝙁𝙖𝙧𝙞𝙨 𝟯 (@TeamFarismv) January 29, 2023
އެމްއާރުއެމް ޓުވީޓުގައި ބުނެފައި ވަނީ އެޕާޓީން ގަބޫލުކުރާ ހަމަތަކަކާއި އުސޫލުތަކެއް ހުންނަ ކަމަށާއި ރައީސް ސޯލިހް ވައުދު އުވާލާ އުސޫލުތައް މުގުރާލާފައިވާ ކަމަށެވެ.
ޓީމް އެމްއާރުއެމުން ޓުވީޓުކޮށްފައި މިވަނީ އެމްޑީޕީ ޕްރައިމަރީ އިންތިހާބު ވަގު ހަދައި އޮޅުވާލައިގެން ރައީސް ސޯލިހް އިންތިހާބު ކާމިޔާބު ކުރިކަމަށް ރައީސް ނަސީދު ވިދާޅުވަމުންދާ ދަނޑިވަޅެއްގަ އެވެ.