ރައީސް ޔާމީންއަށް ސައުގުވެރިކަމެއް އަމުދަކުން ކަމެއް ނެތް: އަލީ ޒާހިރު
ދެންމެ | 18 އޮކްޓޯބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ މެދު ޝައުގުވެރިކަމެއް ނެތް ކަަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ، ދާދި ފަހުން ބޭއްވެވި ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ޝަރީއަތް ހިނގާގޮތް އަލީ ޒާހިރު ބައްލަވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައިވާތީ، އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނާ މެދު ނެތް ޝައުގުވެރިކަމެއް އެމަނިކުފާނުގެ ޝަރީއަތްތަކާ މެދު އަމުދުން ނުހުންނަ ކަމަށެވެ. އަދި ޔޫޓިއުބް ލައިވް އިން އެ ޝަރީއަތްތައް ދައްކާ އިރު ވެސް އެ ޝަރީއަތްތަައް ބަލާލާނެ ފުރުސަތެއް ލިބިވަޑައިނުގަންނަވާ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތްތައް ހިނގާ ގޮތް އަލީ ޒާހިރު ބައްލަވާކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވާފައިވާއިރު، މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމާ ނިންމުންތައް، ބާޒާރުގައި އަގު ނަގާ އުސޫލުން އަގު ނަގައިގެން ކުރިއަށްގެންދާ ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ވަނީ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ތުހުމަތުތައް ސަރުކާރުން ދޮގުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!