އިންޑިޔަން އައިޑަލުން ވިދާލި، ސަވަންދީބާއި އަރުނީތާ ރާއްޖެއަށް ކުރި ދަތުރުގައި މަސްހޫރު ވިޔަފާރިވެރިޔާ ޗަންޕާ އުއްޗު އާއިއެކު ބޭއްވި ބައްދަލުވުމުގެ ފޮޓޯތަކާއި ވީޑިޔޯތައް އިންޑިޔާގައި ވެސް ވައިރަލް ވެއްޖެ އެވެ.
އުއްޗުގެ ކުރެއްދޫ އައިލެންޑް ރިސޯޓްގައި ބޭއްވި ބައްދަލުވުމުގެ ފޮޓޯތަކާއި ވީޑިޔޯތައް ސޯސިއަލް މީޑިޔާގައި ވައިރަލްވެފައިވާ އިރު ރާއްޖޭ މީޑިޔާތަކުން ވެސް ވަނީ މިހަބަރުތައް ކަވަރުކޮށްފަ އެވެ.
Indian idols visit to uchu. pic.twitter.com/cMd5nXsevl
— Masood Hilmy (@Masood_Hilmy) March 6, 2023
ހުޅުމާލޭގައި ބޭއްވި ޝޯއަކަށް މި ދެތަރިން ރާއްޖެ ގެނެސްފައިވާއިރު، މި ދެތަރިން ޗުއްޓީ ހޭދަކޮށްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓް ހުންނަ އުއްޗުގެ ހުރަވަޅި އައިލެންޑް ރިސޯޓްގަ އެވެ.
މަސްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ އާއި ސްޕަރސިންގަރ ފާއިޒު ވެސް ވަނީ ދާދިފަހުން އުއްޗު އާއި ބައްދަލު ކޮށްފަ އެވެ.