ރައީސް ސޯލިހް ރިއެކްޓް ނުކުރައްވާނެ ކަމަށް އެމަނިކުފާންގެ އަނބި ފަޒުނާ އަހުމަދު މާކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަނާ ވިދާޅުވީ އިބޫ ޖެހި ލައްވާނެ ފަހަތަށް ކަމަށެވެ. އަދި އޮސޯވެގެން އޮންނަވާނީ ކަމަށެވެ.
ތެދެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބަށް ނިކުންނަވާނެކަން އިއުލާން ކުރެއްވުމުން މުޅިގައުމަށް ސިޔާސީ ޒަލްޒަލާއެއް މިވަނީ އައިސްފަ އެވެ. އެހެންނަމަވެސް ރައީސް ސޯލިހް ރިއެކްޓެއް ނުކުރެއްވި އެވެ.
ރައީސް މައުމޫނުގެ އެމްއާރުއެމްގެ ތާއީދު ރައީސް ސޯލިހަށް ލިބިވަޑައިނުގަންނަވާނެ ކަން ޔަގީންވެފައިވާއިރު، އެމަނިކުފާނަށް މިހާތަނަށް ތާއީދުކޮށްފައި އެމްޕީއާރުސީގެ ކަރަޕްސަނުގެ މުގުލުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ ސިޔާމް ޕާޓީ އާއި ސިޔާސީ މާބޮޑު ތާއީދެއް ނެތް ދީނީ ގޮތުން ސިޔާސީވެފައިވާ އަދާލަތު ޕާޓީންނެވެ.
ބަގުރޫޓު ވިޔަފާރިވެރިޔާ އަދި ސިޔާސީ ގޮތުން އުރަތްޕެތް ނެތް ބޯގަންވިލާ ފައްޔާޒު އިސްމާލުމެން ފަދަ ގަމާރުން ކޮސް ބަސްތަކުން ރައީސް ސޯލިހް ވަނީ އަނދަވަޅަކަށް ވައްޓާލާފަ އެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ރައްޔިތުން ހަޒާނާއިން އެތައް މިލިޔަން ރުފިޔާ އަމިއްލަ ކުންފުނިތަކަށް ކަހާލާފައިވާ ކަމަށް ރައްޔިތުން ކުރާ ފައްޔާޒު ވެސް މިހާރު ވަނީ ފިއްލަވާފަ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހް ދަރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވީ 2013 ވަނަ އަހަރު ޑރ. ވަހީދަށް ލިބިވަޑައިގެންނެވި ވަރަށް ވެސް ރައީސް ސޯލިހަށް ވޯޓު ލިބިވަޑައިގެންފިނަމަ ބަޔަކު ކޮސްވާނެ ކަމަށެވެެ.
“ ހަގީގާތުގައި ވަހީދަށް ވުރެ މާބޮޑަށް ނިކަމެތި ހާލުގައި ރައީސް ސޯލިހް އެ ހުންނެވީ. ރައީސް ސޯލިހް އަރިހުގައި ތިއްބެވި ބޭފުޅުންގެ ޖީބުތަކާއި އެކައުންޓުތައް ރައްޔިތުންގެ ފައިސާއިން ފުރާލައިފި. ރައީސް ސޯލިހަކަށް ނޭނގެ ވާނުވާއެއް.“ އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ސޯލިހްގެ އަރިހްގައި މިއަދު ތިބީ ޑީއާރުޕީގެ ޓީމް ކަމަށާއި ސާހިދާއި، ތަސްމީން ރޮޒައިނާ އަދި މަވޯޓާމެން ފަދަ ބޭފުޅުން ރައީސް ސޯލިހް ހިސޯރުކޮށްފައިވާ ކަމަށެވެ.
“ ހަގީގަތުގައި ރައީސް ސޯލިހް އެހުންނެވީ ރަހީންވެވިފައި އެމަނިކުފާން އެކަމުން ސަލާމަތް ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މަސްއޫލިއްޔަތެއް. އެމަނިކުފާނަށް އެމަނިކުފާން އަމިއްލަ ނަފްސުގެ މައްޗައް ބާރެއް ނެތް.“ އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް ސޯލިހްގެ ފެކްސަނުން ގާސިމަށް ތާއީދު ކުރާ ފަރާތްތައް މަގާމްތަކުން ބޭރުކުރުމަށް ގޮވަމުންދާއިރު، ރައީސް ސޯލިހްގެ ރިއެކްޝަނެއް ބޭރުފުށުން އަދި ފެންނާކަށް ނެތެވެ.