ފާރިސް ރަނިންގ މޭޓަކަށް، ގާސިމާއި މައުމޫނު އެއްބަސް ވެއްޖެ
ދެންމެ | 20 މާރޗް 2023

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނަކީ ގާބިލް ބޭފުޅެއް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއެކު ފުލިދޫގޭގައި މިއަދު ބޭއްވި ބައްދަލު ބައްދަލުކުރެއްވުމަށްފަހު ނިކުމެވަޑައިގެން ޤާސިމްވަނީ ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

އެ ބައްދަލުވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ޖޭޕީން ނެރޭ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓަކަށް ފާރިސް ނުވާންވީ ސަބަބެއް ނެތް ކަމަށެވެ.

”ޤާބިލު، ތައުލީމީ ބޭފުޅެއް އެ ބޭފުޅާއަކީ.. އެހެންނަމަވެސް އެކަމުގައި ގޮތެއް ނިންމާނީ ޖޭޕީގެ ކައުންސިލުން.“ ޤާސިމް މިއަދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަމަށާއި، ހުށަހެޅުމެއްވެސް ހުށަހަޅާފައި ނުވާނެ ކަމަށެވެ. ނަމަވެސް ޖޭޕީއާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!