ބަގުރޫޓު ވިޔަފާރިވެރިޔާ އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާލް އަބަދުމެ ހުންނަނީ ލޭ ބޭސް ހުސްކޮށްލައިގެން ފޮތިކަހާލާފަ އެވެ. ރައީސް ސޯލިހްގެ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ މިނިސްޓަރުގެ ގޮތުގައި ބެލެވޭ ފައްޔާޒުގެ ބަސްމަގުގެ ސަބަބުން އެތައް ބަޔަކު ނުރުހެއެވެ.
މީޑިޔާތަކަށް ދައްކަވާ ވާހަކަތަކުންނާއި ނޫސްވެރިންނާއި މުއާމަލާތް ކުރައްވާ ގޮތާއި ރައްޔިތުންނާއި މެދު ބަސްމަގު ބަހައްޓަވާ ހަރުކަށިކަމުން ގިނަ ބަޔަކު ފައްޔާޒަށް މާބޮޑު ގަދަރެއް ކުރައްވާ މަންޒަރެއް ނުފެނެ އެވެ. މިހުރިހާ ކަމެއް ހުއްޓައި މިހާރު ރަށުތެރޭގައި އިވެމުންދާ އަޑަކީ ފައްޔާޒު ސަރުކާރުގެ ސިޔާސީ ވެރިންނަށް ހުތުރު ބަހުން އައުގުރާނަ ގޮވައި ތަށިތައްޓަށް ފާޑުފާޑު ހުތުރު ޑްރިންކްތައް ބޯންދޭ ވާހަކަ އެވެ.
ސަރުކާރު ކުއްފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ ނަން ހާމަ ނުކުރަން ސަރުތުކޮށް ވިދާޅުވީ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ކުންފުނިތަކުގެ ވެރިންނަށް ހުތުރު ބަހުން އައުގުރާނަ ގޮވައި ބޯންދިނުމަކީ ފައްޔާޒުގެ އާދައަކަށް މިހާރު ހައްދަވާފައިވާ ކަމަށެވެ.
“ މިހާރު މިނިސްޓަރ ފައްޔާޒު ހިތްޕުޅާ ނުވިއްޔާ ފޯނުން ގުޅާފަ ވެސް ބޯންދީ އައުގުރާނަ ގޮވާފާނެ. ސީރިޔަސް މީޓިންގ ތަކުގައި ވެސް ހަމަ ފުޅަފޮތުގެ މެދުން ވެސް ފަށާފާނެ. ހަގީގަތުގައި މިހާރު އަދުރޭ އަށްވުރެ މާ ބޮޑަށް މަތީގައި ފައްޔާޒު އުޅެނީ“ އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލިސް އދ. ދަގެތީ ދާއިރާގެ ރައީސް ވެސް އެމްޑީޕީން ވަކިވެގެންދިޔައީ ފައްޔާޒު ވަރަށް ހުތުރު ބަހުން އެތައް ފަހަރެއްގެ މަތިން އޭނާއަށް ބަވާލައި ގުޅަގުޅަ ކޮށް ތަފާތު ބާވަތްތަކުގެ ހުތުރު ޑްރިންކްތައް ބޯންދިނުމުން ކަމަށެވެ.
“ އެންމެ ފައްޔާޒު ގޮވާ އައުގުރާނަ ވަރިހަމަކޮށްފައި ނުތިބޭނެ. އަދި ފައްޔާޒު ދޭ ޑްރިންކްތައް އެންމެން ބޯލައިގެން ހަޖަމްކޮށްގެނ ް ނުވެސް ތިބޭނެ.“ އޭނާ އިތުރަށް ވިދާޅުވި އެވެ.
ބޯގަންވިލާ ފައްޔާޒު އައުގުރާނަ ގޮވައި ހުތުރުބަހުން ޒުވާބުކޮށް މުއާމަލާތް ކުރަމުންދާކަން މިހާރު ރައީސް ސޯލިހް އަރިހްގައި ވެސް އެތައް ވެރިންނެއް ސަކުވާ ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެެވެ. އަދި އަންހެން ކަނބަލުންގެ ކުރިމަތީގައި ވެސް އެއްވެސް އަހުލާގެއް ނެތި ހުތުރު ބަހުން މުއާމަލާތް ކުރާ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.
އެމްޑީޕީގެ ޗެއަރޕާސަން ކަންވެސް ކުރަމުންދާ ބަގުރޫޓު ވިޔަފާރިވެރިޔާ ފައްޔާޒު މިހުތުރު އަމަލުގެ ސަބަބުން އެތައް ބަޔަކު ރައީސް ސޯލިހާއި ދުރަށް ޖެހެމުންދާއިރު، ރައީސް ސޯލިހަށް ފައްޔާޒާއި މެދު ފިޔަވަޅު އެޅުމަށް ވަނީ ނުކުޅެދިފަ އެވެ.