ފޯޅަވެހި މައްސަލައިގައި ޔުމްނާ އިސްވެ، ހުރެ އެމްއާރުއެމުން ރައީސް ސޯލިހާ ދެކޮޅަށް ނިކުމެއްޖެ
ދެންމެ | 01 މެއި 2023

ފޯޅަވެއްސާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރަން މިދިޔަ ހުކުރު ދުވަހު، އެކަމާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުން ނިންމާފައި ވިޔަސް، އެ މައްސަލައިގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ދެކޮޅު ހެދުމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރޯފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ރޭ ނިންމައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒައީމްކަން ކުރައްވާ އެމްއާރުއެމްއިން މި ގޮތަށް ނިންމީ ރޭ ބޭއްވި އެ ޕާޓީގެ އެގްޒެކްޓިވް ކޮމިޓީގެ ކުއްލި ބައްދަލުވުމުގަ އެވެ.

އެމްއާރުއެމްގެ ތަރުޖަމާނު އިސްމާއިލް ނާއިލް ނަޝީދު ވިދާޅުވީ، އެ ބައްދަލުވުން ބާއްވާފައި ވަނީ ޗާގޯސް މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.

”ޗާގޯސް މައްސަލައިގައި ވަރަށް އަވަހަށް މި ޕާޓީގެ ސްޓޭންޑް ހާމަކުރާނެ،“ އޭނާ ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވި އެކްސޯ މެންބަރަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ގާތްގަނޑަކަށް 30 މެންބަރުންގެ ތެރެއިން 20އަށް ވުރެ ގިނަ ބޭފުޅުން ވޯޓު ދެއްވީ ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅު ހެދުމަށެވެ.

އެނގިފައިވާ ގޮތުގައި، އެ ނިންމުން ފާސްވުމާ އެކު، އެމްއާރުއެމްއިން ވަނީ، މި މައްސަލައިގައި ހަރަކާތްތަކެއް ހިންގަން ވެސް ނިންމާފަ އެވެ.

އެމްއާރުއެމްއިން ސަރުކާރުގެ ސްޓޭންޑާ ދެކޮޅު ހަދައި އެ ކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ރައީސް އޮފީހަށް ސިޓީއެއް ފޮނުވުމަށް ވެސް ވަނީ ނިންމާފަ އެވެ

އެމްއާރުއެމްގެ ރައީސްކަން ކުރައްވާ، މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ސަރުކާރުގެ ސްޓޭންޑާ އެއްކޮޅަށް ވެސް ބައެއް މެންބަރުން ވާހަކަދެއްކެވި އެވެ. އޭގެ ތެރޭގައި، ހެރިޓޭޖް މިނިސްޓަރުކަން ކުރައްވާ، މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!