ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒުގެ އެދުމަށް ރައީސް ސޯލިހްގެ އަމުރަށް މަގާމުން ވަކިކުރި ސިއްޕެ އާއި އަމްރު އެކުވެ, އިބޫ ކޮށި އަރުވާލައިފި އެވެ.
ސަރުކާރުގައި އަމްރާއި ސިއްޕެ ފުރުއްވަމުން ގެންދެވި މަގާމްތަކުން ވަކިކުރުމުން ސިޔާސީ ގޮތުންނާއި ސޯސިއަލް މީޑިޔާގައި އާއްމުން އިބޫއަށާއި ސަރުކާރަށް އިންތިހާއަށް ފާޑުކިޔައިފަ އެވެ.
ސޯސިއަލް މީޑިޔާގައި އިބޫއަށް ފާޑު ކިޔާ ފަރާތްތަކުން ބުނަމުން ދަނީ މިހާރު ސަރުކާރުގެ ސައްހަކަން ގެއްލިފައިވާ ކަމަށާއި ވެރިކަން ހޯއްދެއްވުމަށް ރައީސް ސޯލިހް ހެއްދެވި އެއްބަސްވުމާއި ހިލާފްވެފައިވާ ކަމަށެވެ.
“ ހަގީގަތުގައި ސިއްޕެ އާއި އަމްރު މަގާމުން ވަކި ކުރުން މިހާރު އިބޫ ވެސް މަގާމްގައި ހުރެގެން ނުވާނެ. ސިއްޕެއަށް ވުރެ މި ވެރިކަން ގެންނަށް އިބޫ ކުރި މަސައްކަތް ވެސް މަދު ވާނެ. މިހާރު މިއީ ރަށްމެދު ސަރުކާރެއް“ ސޯސަލް މީޑިޔާގައި ސުއޫރު ފާޅުކުރި މީހަކު ބުންޏެވެ.
މިރޭ ޖުމްހޫރީ ޕާޓީގެ މައި ހަރުގޭގައި ކޯލިސަނާއި ގުޅޭ ގޮތުން ބޭއްވި މަސްވަރާ ބައްދަލުވުން ލީޑް ކުރައްވަމުން ގެންދަވަނީ މަގާމުން ވަކިކުރި މި ދެބޭފުޅުންނެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް ވާދަ ކުރައްވާނެ ކަށަވަރުވެފައިވާއިރު އިބޫ އާއި ރޯ އައުގުރާނަ ގޮވުމަށް ދެވި ހިފާފައިވާ ފައްޔާޒު ވެސް ގެންދަ ވަނީ ޕްރެސަރަށް ވެއްޓި އިހުނަންވުރެ ދެ ގުނަ ބޮޑަށް އައުގުރާނަ ގޮވައި މީހުންނަށް ބޯންދެމުން ކަމަށް މައުލޫމާތު ލިބެ އެވެ.
އިބޫ އާއި ސަރުކާރުގެ ވެރިން މާޔޫސްވެ ގޮތް ހުސްވެ ތެޅި ފޮޅެމުންދާއިރު ރައީސް ނަސީދާއި ގާސިމް ގެންދަވަނީ ކޯލިސަން އެކުލަވާލައި މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ބާރަށް ކުރައްވަމުން ނެވެ.