މަވޯޓާ ސަރީފް އިބޫ ދޫކުރައްވައި ގާސިމަށް ތާއީދު ކުރުމަށް ނިންމައިފި
ދެންމެ | 01 އޭޕްރިލް 2023

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ސަރީފް ރައީސް ސޯލިހް ދޫކުރައްވައި ގާސިމާއި ގުޅުމުގެ ސިއްރު މަސްވަރާތަކެއް ފަށައިފި އެވެ.

އިތުބާރު މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކުރިއަށް ދަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު މަވޯޓާ ޝަރީފް ޖޭޕީއަށް ބަދަލުވުމުގެ އެންމެ ފަހުގެ މަސްވަރާތަކެވެ.

މިހާރު ސޯސިއަލް މީޑިޔާގައި އާއްމްވެފައިވާ ފޮޓޯއިން ފެންނަ ގޮތުން ކާލާ މަންނައެއް ހިއްޕަވައިގެން ސަރީފް ހުންނަވަނީ ގާސިމް އެންމެ އަރިސް ބޭފުޅުންނާއި އެކުގަ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވި ކަމަށް އިންތިހާއަށް ތުހުމަތު ކުރެވޭ މަވޯޓާ ފައިސާއަށް އޮތް ދަހިވެތިކަން ފުއްދުމަށް ޖޭޕީއަށް ބަދަލުވުމަކީ ވަރަށް ގާތް ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!