ވަގުލާރި އާއި ރިސްވަތު ބަހައިގެން މަރުހޫމް ރިޒާގެ ގޮނޑި ސަރުކާރުން ޖަހައިގެންފި
ދެންމެ | 15 އޭޕްރިލް 2023

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ވަގުލާރި އާއި ރިސްވަތު ބަހައިގެން މަރުހޫމް ރިޒާގެ ގޮނޑި ސަރުކާރުން ޖަހައިގެންފި އެވެ.

މިދިޔަ ތިން ދައުރު ނުވަތަ 14 އަހަރު ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ، މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި، ޕީޕީއެމްގެ އިބްރާހިމް ރިޒާ އެވެ.

ވާދަވެރި މި ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމުން ވާދަކުރެއްވީ އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އެވެ. އެމްއެންޕީގެ ކެންޑިޑޭޓަކީ އަލީ އަރީފެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދު އާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގެ އިއްޒުއްދީން ސްކޫލުގައި ވެސް ވޯޓު ފޮށްޓެއް ބެހެއްޓި އެވެ. ހެނދުނު އަށަކުން ފެށިގެން ހަވީރު ފަހަކާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ.

މި އިންތިހާބުގައި ފަސް ވޯޓު ފޮށި ބަހައްޓާފައިވާ އިރު، އެއް ފޮށި ފިޔަވާ ހުރިހާ ފޮއްޓަކުން ވެސް ކުރި ހޯދީ އެމްޑީޕީ އެވެ. އެއީ ގުރައިދޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށިންނެވެ. އެ ފޮށިން ކުރި ހޯދީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓެވެ. ގުޅީގެ ވޯޓުފޮށީގެ ނަތީޖާ އަދި ނުލިބެ އެވެ.

އެކަމަކު، އެ ވޯޓުފޮށީގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް މިހާތަނަށް ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް ކަމަށް ވުމުން މާ ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ. އެމްޑީޕީން މިހާރު ގެންދަނީ ޝާޒްގެ ކާމިޔާބީ ފާހަގަކޮށް އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!