ހަސަން ކުރުސީ އަކީ ރައީސް ނަސީދެއް ނޫން، އަސްލު ހޯދަން ފުލުހަށް ހުށަހަޅައިފި
ދެންމެ | 18 އޭޕްރިލް 2023

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ “ފިކުރެއްގެ ދިރުން”އަށް ތާއިދުކޮށް، ޓްވީޓު ކުރަމުންދާ ހަސަން ކުރުސީ ނަމަކަށް ކިޔާ ޓްވިޓާ އެކައުންޓާހުރެ އިންތިހާއަށް ގެއްލުންވަމުންދާ ކަމަށާއި އެ އެކައުންޓުގެ އަސްލު ހޯއްދަވައި ދެއްވުމަށް ނަޝީދު އެދިވަޑައިގެންފިއެވެ.

އެކަމަށް އެދިވަޑައިގެން، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ރައީސް މުހައްމަދު ނަޝީދު ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގެ ކޮޕީއެއް ނަޝީދު ވަނީ ޓްވީޓު ކުރައްވާފައެވެ.

އެ ސިޓީގައި ނަޝީދު ވިދާޅުވެފައި ވަނީ ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތަކެއް އޮޅުންތަކެއް އަރަމުންދާ ކަމަށެވެ.

“އެހެންކަމުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ ޓްވިޓަރ އެކައުންޓުގެ އަސްލު ހޯއްދަވައި ދެއްވުމަށް އެދި ދެންނެވީމެވެ.” ނަޝީދުގެ ސިޓީގައިވެއެވެ.

ކުރުސީ އެކައުންޓުގެ އަސްލު ހޯއްދަވައި ދެއްވުމަށް ނަޝީދު އެދިވަޑައިގެންނެވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް ތާއިދުކޮށް ކުރުސީގެ އެކައުންޓުން ޓްވީޓުތަކެއްކޮށްފައި ވަނިކޮށެވެ. ނަޝީދަށް ވަރަށް ބޮޑަށް ތާއިދުކޮށް، އެމަނިކުފާނުގެ ސިޔާސަތުތައް ދިފާއުކޮށް ޓްވިޓާގައި ވާހަކަ ދައްކަމުންދާ ކުރުސީ ވަނީ ބައި އިލެކްޝަނަށް ފަހު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒްއަށް މަރުހަބާ ވިދާޅުވެ، އޭނާ ފިކުރެއްގެ ދިރުމާ ގުޅުމަށް ހުށަހަޅުއްވާފައެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!