އަނަންތާރާ މުވައްޒަފުން އިސްތަށި ބޭލުން ހުއްޓާލައިފި
ދެންމެ | 13 މެއި 2023

ތުބުޅި ބޭލުން ނިމުމަކަށް ނުގެނައުމުން އަނަންތާރާ ކިހަވަކުގެ މުވައްޒަފުން ތުނބުޅި ބޭލުން ހުއްޓާލައިފިއެވެ.

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނީ އެ ޔޫނިއަންގެ އަނަންތާރަ ކިހަވައް ބުރާންޗުގެ މެމްބަރުން ތަކުރާކުކޮށް މެނޭޖްމަންޓާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތަކުންވެސް، ކޮންމެ ދުވަހަކު ތުނބުޅި ބޭލުން މަޖުބޫރު ކޮށްފައޮ އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށެވެ.

އެހެންކަމުން، އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި މާދަމާއިން ފެށިގެން ތުނބުޅި ބޭލުން ހުއްޓާލަން ނިންމާފައިވާކަމަށް ޓީމްއިން ބުންޏެވެ.

އަދި ޔޫނިއަންއާއި މެނޭޖްމަންޓާއި އެއްބަސްވެވޭ އުސޫލެއް ކަނޑައެޅެންދެން ތުނބުޅި ނުބާލާ މަސައްކަތް ކުރުމުގައި ދެމިތިބުމަށް ނިންމާފައިވާކަމަށް ޓީމްއިން ބުންޏެވެ.

ރިސޯޓެއްގައި ތުނބުޅި ބަހައްޓަން މުވައްޒަފުންނަށް ފުރަތަމަ ފަހަރަށް ހުއްދަ ދިނީ މި މަހުގެ ކުރީކޮޅުގައެވެ. އެއީ ބ. މުއްދޫ ގައި ހިންގާ ދުސިތް ތާނީ މޯލްޑިވްސް ރިސޯޓުގައެވެ. އެ ރިސޯޓުން ވަނީ ތުނބުޅި ބެހެއްޓުމާ ބެހޭ ސަރކިއުލަރއެއް ނެރެ، ޝަރުތުތަކަކާއެކު ތުނބުޅި ބެހެއްޓުމަށް ހުއްދަ ދީފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!