ސްޓޭޓް މިނިސްޓަރ މުޖްތަބާ އެމްޑީޕީން ވަކިވެ، ޑިމޮކްރެޓުންނާއި ގުޅިއްޖެ
ދެންމެ | 27 މެއި 2023

އެންވައިރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޖުތަބާ އެމްޑީޕީ ވަކިވެ ޑިމޮކްރެޓިކްސް ޕާޓީ އާއި ގުޅިވަޑައިގެންފި އެވެ.

ސޯސިއަލް މީޑިޔާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕާޓީގެ ފަރާތުން ފޯމާއި ހަވާލުވެ ވަޑައިގެންފައި ވަނީ ހަސަން ލަތީފެވެ.

އެމްޑީޕީގެ މައި ތަބެއްގެ ގޮތުގައި ބެލެވޭ މުޖުތަބާ އެޕާޓީ ދޫކުރައްވާފައި މިވަނީ ޕާޓީ އަސްލު އުސޫލްތައް މުގުރާލައިފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ މެމްބަރުން ވަކިވެ އާޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!