ރިޔާސީ ގޮނޑި ތަރުތީބަށް ގެނައި ކުއްލި ބަދަލުން ފަޒުނާއަށް ’ރިޔާސަތު‘!!
ދެންމެ | 10 ނޮވެމްބަރ 2022

ދިވެހި ޖުމުހޫރިއްޔާގެ އެންމެ ސަރަފްވެރި މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިޔާގެ ނައިބެވެ. އެއީ ދިވެހި ދައުލަތު އެންމެ އުސް ކުންނެވެ. ދިވެހި ދައުލަތުގެ ގާނޫނު އަސާސީގައި ވަކި ހާއްސަ ބާބެއް ލިޔުއްވާފައި ވަނީ ވެސް މި ސަބަބަށްޓަކަ އެވެ.

ގާނޫނު އަސީސީގައި ދިވެހި ދައުލަތުގެ މަގާމުތަކާއި މިނިވަން މުއްސަސާތަކާއި އެހެންވެސް ސަރަފްވެރިންގެ ވާހަކަ ލިޔުއްވާފައިވާއިރު ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ނުވަތަ ފަސްޓް ލޭޑީގެ ވާހަކައެއް ގާނޫނު އަސާސީގެ އެންމެ ލަފްޒެއްގައިވެސް ހާއްސަ ކަމެއްދީފައި ނުވެއެވެ.

ގާނޫނު އަސީސާގައި ފަސްޓްލޭޑީއަށް ގާނޫނީ އެއްވެސް ހައިސިއްޔަތެއް ދެއްވާފައި ނުވި ނަމަވެސް  މިފަހަކަށް އައިސް ރައީސް ސޯލިހްގެ އަނބިކަބަލުން ފަޒުނާ އަހުމަދުގެ ހަބަރުތަކާއި އިވެންޓްތަކުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ރަސްމީ ވެބްސައިޓް ފަޅުފިލުވާލަދިން ކަމީ ހައިރާންވި ކަމެކެވެ. މެޑަމް ފަޒުނާގެ ހަބަރުތަކާއި ބައިވެރިވެ ވަޑައިގަންނަވާ ހަފްލާތަކާއި ވިދާޅުވާ ބަސްފުޅުތަކުން ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ރަސްމީ ވެބްސައިޓް ހިސޯރުކޮށްފައިވާ ކަމީ ހަގީގަތެކެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ގާނޫނީ ހައިސިއްޔަތެއް ދީފައި ނެތް ނަމަވެސް ރައީސް ސޯލިހާއި ނައިބްރައީސް ފައިސަލް ބައިވެރިވަޑައިގަންނަވާ ހަފްލާތަކުގައި ރިޔާސަތުގައި އިންނަވަނީ ފަޒުނާ އެވެ.  ރިޔާސީ ގޮނޑިތަރުތީބް ކުރުން މިފަހަކަށް އައިސް ތަރުތީބްވެފައިވާ ގޮތުން އެކަމަނާއަށް އިށީދެވަޑައިގަންނަވަން ޖެހިވަޑައިގަންވަނީ ގައުމުގެ ވަލިއުލް އަމުރާއި އެމަނިކުފާނުގެ ނައިބް މެދުގަ އެވެ.

ރައީސް ސޯލިހާއި ނައިބް ރައީސް ބައިވެރިވަޑައިގަންނަވާ ޖަލްސާތަކުގައި ރިޔާސަތު ފަޒުނާ ފުރުއްވަމުން ގެންދަވާތީ، އޮޑު ގޮތެއް ފާހަގަ ކުރުމުން، ކުރީގެ ވެރިކަންތަކުގައި ރިޔާސީ ގޮނޑި ތަރުތީބުކޮށްފައި ހުންނަ ގޮތަށް ނަޒަރު ހިންގާ ހޯދާ ބަލައިލިއިރު، އިހަށް ގޮނޑި ތަރުތީބުކޮށްފައި ވަނީ ފަސްލޭޑީއަށް ރިޔާސަތު ދީގެނެއް ނޫނެވެ.

ރިޔާސީ މަސްތަހް ދިރާސާ ކުރައްވާ ސިޔާސީ ބޭފުޅަކު ވިދާޅުވީ މި ފަހަކަށް އައިސް ރިޔާސީ ގޮނޑި ތަރުތީބުކޮށްފައި ހުންނަ ގޮތުން ފެންނަ މަންޒަރު ވަރަށް ވެސް ލަދުވެތި ކަމަށާއި ރައްޔިތުން ހައިސިއްޔަތެއް ނުދޭ، ގާނޫނީ ހައިސއްޔަތެއް ނެތް ފަރާތެއްގެ ދަށުގައި ދައުލަތް ތާށިވެފައިވާ މަންޒަރުވެސް މިހާރު ސިފަ ކުރެވޭ ކަމަށެވެ.

”ފެންނަ މަންޒަރުން މިހާރު ބައެއް ފަހަރު ހީވޭ، ގާނޫނީ ހައިސިއްޔަތެއް ނެތް ނަމަވެސް ފަޒުނާ އަކީ ގައުމުގެ ރާނީ ހެން ވެސް. ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނައިބް އެ ތިއްބަވަނީ ފަޒުނާގެ ދެފަރާތުގައި. ހަމަ ގައިމް ވެސް މިގޮތް ގޯސް.“ އޭނާ ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ ރައީސް އާއި ނައިބް ރައީސް ދެމެދަށް ގާނޫނީ ހައިސިއްޔަތެއް ނެތް، މީހަކު ވައްދައި ދިވެހި ވެރިކަން ހަރާބްގެ މަގުން ހަލާކުވެގެން ދިއުމަކީ އެއްވެސް ދިވެހި ރައްޔިތަކު އެދޭނެ ކަމެއް ނޫނެވެ. އޭއީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ވިޔަސް މެއެވެ.

ގުޅުންހުރި ލިޔުންތައް