އިބޫއަށް އައިސާ އާއި ’ބެހެން‘ ނުކެރި ސަރުކާރު ހޮވަން ގުރުބާންވި އެމްޑީޕީ ފިކުރުގެ ބޭފުޅުން ބޭރުކުރަން ފަށައިފި
ދެންމެ | 28 މެއި 2023

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ ޕާޓީ، ”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރައްވާފައިވާ އަސްލު އެމްޑީޕީ ފިކުރު ބޭފުޅުން ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރައްވަން ފަށްޓަވައިފިއެވެ.

އެގޮތުން ހޯމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރުގެ މަގާމުން އާޝިޔަތު އަލައިކާ އަދުނާނާއި އޭނާގެ ފިރިމީހާ މުޙައްމަދު ހަމްދާން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން މިއަދު ވަނީ ވަކިކުރައްވައިިފައެވެ. އޭގެއިތުރުން ވެސް އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަކިކުރައްވާފައިވެއެވެ.

ޖޭޕީން ރިޔާސީ އިންތިހާބުގެ ކެމްޕޭން ބާރަށް ފަށާފައި ވާއިރު މިނިސްޓަރ ނަހްލާ ހުންނަވަނީ ކެމްޕޭންގެ އެންމެ ކުރީގަ އެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ “ދަ ޑިމޮކްރެޓްސް“ އުފައްދަން އިލެކްޝަން ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ ހަފުތާގައެވެ. އެއާއެކު ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!