ޑިމޮކްރެޓިކް ޕާޓީގެ ތާއީދު ބޮޑުވިޔަސް އަޅުގަނޑު މޭ ބޮޑެއް ނުވޭ: ރައީސް އިބުރޭ
ދެންމެ | 24 އޯގަސްޓް 2023

ބަދަލު ކުޅުންތެރިން އަރުވައިގެން މޮޅެއް ނުވާނެ ކަމަށާއި އެމްޑީޕީ ނުކުމެ ތިބީ ފުލް ޓީމާ އެކު ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް ރ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، މި އަތޮޅުގެ އެންމެ ފަހު ރަށް، ހުޅުދުއްފާރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމްޑީޕީގެ އެތެރެއަށް އައި ލޮޅުމުގެ އަސަރު މި ރަށަށް ކޮންމެ ވެސް ވަރަކަށް ކޮށްފައިވާ ކަމަށެވެ.

އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ، ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށެވެ.

އެކަމަކު އިންތިހާބާ މެދު ގޮތެއް ނިންމުމުގައި އެމްޑީޕީ ދޫކޮށް ދިޔަ މީހުން އަލުން ވިސްނުމަށް ރައީސް އެދިވަޑައިގަތެވެ.

މިހާރު މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ވެރިކަމަށް މީހަކު ގެންނަން ކަމަށާއި މިއީ ކުޅޭ ކުޅިވަރެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުންނަށް ހިދުމަތް ކުރާނެ ސަރުކާރެއް ހޮވަން ކަމަށާއި މިއީ އެތެރޭގެ އިންތިހާބެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.

އެ އިން ކޮންމެ ރަށެއްގެ މީހަކަށް ވެސް ވޯޓުގެ އަސަރު ކުރާތީ، ވިސްނުންތެރިކަމާ އެކު މިކަން ނުކޮށްފި ނަމަ ނުކުންނާނެ ނަތީޖާ ވަރަށް ދެރަކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންތިހާބުގެ ނަތީޖާގެ މިސްރާބު އޮތްގޮތް ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. ގަދަ 2،1 އަދި 3 ވަނައިގައި 4 ވަނަ އަށް އަންނާނެ މީހުން ވެސް އެނގޭ ކަމަށް ވިދާޅުވި އެވެ. އެހެންވެ، ކޮންމެ މީހަކަށް ވެސް ގާނޫނީ ގޮތުން ލިބިފައިވާ އެންމެ ބޮޑު ޒިންމާ، ޒިންމާދާރު ގޮތުގައި ހޭދަކުރުމަށް އިލްތިމާސްކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!