ރިލެކްސް ސްޕީޑް ފެރީގެ ހާއްސަ ދަތުރުތަކެއް ބޮޑު އީދަށް އަތޮޅުތަކަށް
ދެންމެ | 29 މެއި 2023

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޯންޗް ފެރީގެ ހިދުމަތް ފޯރުކޮށްދޭ ރިލެކްސް ފެރީގެ ހާއްސަ ދަތުރުތަކެއް ބޮޑު އީދަށް އަތޮޅުތަކަށް ބާއްވަން ނިންމައިފި އެވެ.

ރިލެކްސް ފެރީ ސާރވިސްގެ ސީއީއޯ އަލީ ރިސާން (ރިލެކްސް އައްޔަ) ވިދާޅުވީ ހާއްސަ ދަތުރުތަކުގެ ބޭނުމަކީ އަތްފޯރާ އަގުތަކެއްގައި ރައްޔިތުންނަށް އީދު ބަންދަށް ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.

“ އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނާއި އަޅުގަނޑުމެންގެ ކަސްޓަމަރުން ހިތްހަމަ ޖެހުމާއި އެކު ދަތުރުކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސޭތޯ.“ އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަށް އަހަރު ދުވަސްވެފައިވާ ރިލެކްސް ސްޕީޑް ފެރީގެ އެންމެ ބޮޑު މަސައްކަތަކީ އަކީ ކަސްޓަމަރުންގެ އިތުބާރު ހޯދުން ކަމަށާއި ރިލެކްސް އިން ކުރާ ދަތުރަކީ ކަސްޓަމަރުން ހިތްހަމަ ޖެހޭ ދަތުރެއް ކަމަށް ހަދައިދިނުން ކަމަށެވެ.

ރިލެކްސް ސްޕީޑުން އީދު ބަންދާއި ދިމާކޮށް ހާއްސަ ދަތުރުތަކެއް ކުރަން ނިންމާފައިވާއިރު މިހާރު ވެސް އެކުންފުނިން ދަނީ ލ. އަތޮޅާއި ތ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ބ. އަތޮޅުގެ ރަށްތަކަށް ދަތުރުތައް ކުރަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!