އެމްޑީޕީ ދޫކޮށް، ދޮންބިލަތް އަނބިކަބަލުން ޑިމޮކްރިޓިކް ޕާޓީއަށް ސޮއިކޮށްފި
ދެންމެ | 29 މެއި 2023

އެމްޑީޕީ ދޫކޮށް، ބިލަތްދޫ ދާއިރާ މެމްބަރު ދޮންބިލަތް އަހުމަދު އަނބިކަބަލުން ލަމްހާ ވަހީދު ޑިމޮކްރިޓިކް ޕާޓީއަށް ސޮއިކޮށްފި އެވެ.

ސޯސިއަލް މީޑިޔާއިން އާއްމްވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޑިމޮކްރިޓުންނާއި ގުޅިވަޑައި ގަތުމުގެ އިތުރުން ލަމްހާ ގެންދަވަނީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތުގައި ވެސް އަމަލީ ގޮތުން ބުރަކޮށް މަސައްކަތް ކުރައްވަމުން ނެވެ.

ރައީސް ނަސީދާއި ގާތްގުޅުމެއް އޮންނަ ދޮންބިލަތް އަހުމަދު ރައީސް ސޯލިހަށް 100 ޕަސެންޓް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައިވާއިރު އަމަލީ އެއްވެސް މަސައްކަތެއް ރައީސް ސޯލިހަށް ކުރައްވާ ތަނެއް ފެނިގެނެއް ނުދެ އެވެ.

ސިޔާސީ މަސްރަހް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ސޯލިހަށް އެބޭފުޅާ އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅުން އޮޅުވައި ލައްވަނީ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!