މަޖިލިސް މެމްބަރު އަދުން ހުސެން ކުންފުނި ސިރިއަސް އިން ފެކަނައަށް ސަޕްލައިކޮށްފައިވާ އަޑީތެލަށް ބިލް ކޮށްފައި ވަނީ ބާޒާރުގެ އަގަށް ވުރެ 3 ގުނަ ބޮޑުކޮށް ކަމަށް ބުނެ ފައްޔާޒުގެ އަމުރަށް ޕޭމަންޓް ހިފަހައްޓާފައިވާ މައްސަލަ ހޫނުވެ ޒުވާބު ކޮށްފި އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުން ހުސެންނާއި ފައްޔާޒު މިމައްސަލައިގައި ވަނީ ޒުވާބު ވެސް ކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބިލްތަކުގެ އަގު އެތައް މިލިޔަނަކަށް އަރަ އެވެ.
މިމައްސަލައިގެ ފުރިހަމަ މައުލޫމާތު އިނގޭ ބޭފުޅާކު ވިދާޅުވީ ފައިސާ ހޯދުމަށް އަދުން ހުސެން ފެނަކަ ސައީދަށް ގުޅުމުން ބުނެފައި ވަނީ ފިނޭންސް އިން ފައިސާ ދޫނުކުރާތީ ފައިސާ ދެވެން ނެތް ކަމަށެވެ.
އޭނާ ބުނީ ފެކްސަން ވެފައިވާ މިނިސްޓަރ ސާހިދަށް ތާއީދު ކުރާ އަދުން ހުސެން ފައްޔާޒަށް ލާރި ހޯދުމަށް ގުޅުމުން ބުނެފައި ވަނީ ފައިސާ އަކީ އަމީރު ބުރިން އުފުރާފައި ދޭ އެއްޗެއް ނޫން ކަމަށެވެ.
“ ހުސެން ގުޅުމުން ފައްޔާޒު ބުނީ އަމީރު ފާހާނަ ތަށި މަތީ އިށީނުމުން ބުރުން ފައިބަނީ ފައިސާ އާއި ރަން ނޫން ކަމަށް. ފައިބަނީ ހަމަ ރަން ކުލައިގަ ހުންނަ ގުއި ކަމަށް.“ އޭނާ ކިޔައިދި ނެވެ.
އޭނާ ބުނީ ހުސެން މިމައްސަލަ ރައީސްއަށް ވެސް މިހާރު ހުށަހަޅާފައިވާ ކަމަށާއި އެހެން ނަމަވެސް އަދި އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށެވެ.