ޕީޕީއެމްގެ ތައުލީމީ ބޭފުޅުންނާއި އިންތިހާބީން ވެސް އިލްމެއް ނެތް ދޫ ނުބައި ފެއިލް ޓިނު އަދުރޭ ދަށަށް!
ދެންމެ | 03 ޖޫން 2023

ޓިނު އަދުރޭ ނުވަތަ އަމާ އަދުރޭ އަކީ މިއަދު ދިވެހިންނަށް އާ ނަމެއް ނޫނެވެ. އޭނާ އަކީ ގޮތް ކުޑަ ކަމާއި ރޯ އައުގުރާނަ ގޮވުމަށް އަރާ ހުންނެވި ފަހުލަވާނެ ކެވެ. ތައުލީމް ހާސިލް ކުރި މަދަރުސާއެއް މަގުތަބެއް ނެތް ނަމަވެސް އޭނާ ވަނީ އައުގުރާނަ ގޮވުމުގެ ރޮގުން ޕީއެޗްޑީ ހާސިލް ކުރައްވާފަ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވުނު މަޖިލީސް އިންތިހާބުގައި ޓިނު އަދުރޭ ޕީޕީއެމް ޓިކެޓްގައި ވާދަކޮށް ދިޔައީ ޗޮކުންނެވެ. ރައްޔިތުން އޭނާ ބަލައިނުގަތެވެ. ވާނީ ވެސް އެހެންތާ އެވެ. އޭނާގެ ގޮތް ކުޑަކަމާއި ހަޔާތް ކުޑަ ކަމަކީ އިރު ފެންނަ ފަދައިން ސާފް ކަމެކެވެ.

ޓިނު އަދުރޭ އަކީ ލާމް އަތޮޅު ފޮނަދުއަށް އުފަން މީހެކެވެ. އެސްޓީއޯއިން ވަށްކަންކޮށް ހުކުމްކޮށް އަރުވާލާފައިވާ އަމާ އަދުރޭ އަކީ ރައީސް މައުމޫންގެ ސިޓީއެއް ރައްޔިތުންނަށް ފޮނުވައިގެން 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމާއި ހަމައަށް އެރަށު ރކއ ކޮމެޓީއަށް ވެސް 11 މީހުން ހޮވަން ޖެހޭ އިރު ލައްވާ ނުލި މަރުމޯލެކެވެ.

ނިމިދިޔަ ޕީޕީއެމް ވެރިކަމުގައި ރެހެންދިން 9 މިލިޔަނަށް ގަތް ދެ ފުލެޓާއި ނާލް ބޯޓެއް މިއަދު މިލްކިއްޔާތުގައި އޮތް އިރު މިހާރު ސިޔާސީ ވާދަވެރިންނާއި އެކިއެކި ޑީލް ހައްދަވައިގެން ރިސްވަތުގެ ހުތުރު އަމަލް ހިންގަވާ ކަމަށް ތުހުމަތު ކުރެވޭ އަދުރޭ އަކީ  މިކަމުގައި މަސްހޫރު މުދައްބިރެކެވެ.

ރައީސް ޔާމީންގެ އައިޑޮލެޖީގެ ދަށުން ހަރަކާތްތެރިވަމުންދާ ޕީޕީއެމް އަކީ ސިޔާސީ އިލްމީ ގާބިލް އެތައް ބައެއް ހިމެނިވައިގަންނަވާ މުއައްސަސާ އެކެވެ. ޑރ. ވަހީދާއި ޑރ. މުއިއްޒާއި ޑރ. ސަހީމާއި އަދި ޑރ. ހަލީލްމެންގެ އިތުރުން ޑރ. ޖަމީލުމެންނަކީ އިލްމީ މޮޅެތި ސިކުޑިތަކެވެ. އަދި މަޖިލިސް މެމްބަރު އާދަމް ސަރީފާއި ގައްސާން މައުމޫނާއި ސައީދާއި ތޯރިގް އަދި ނައިފަރު ސިޔާމްގެ އިތުރުން ރެޑްވޭވް ސަލީމް ފަދަ ބޭފުޅުންނަކީ ސިޔާސީ ކާމިޔާބު ފަހުލަވާނުންނެވެ.

ކައުންސިލަރު ރެޑްވޭވް ސުޖާއު އާއި ކުރީގެ މެމްބަރ ހޯރަފުށީ މުހައްމަދުގެ އިތުރުން ރައީސް ޔާމީންގެ ސިއްރުވެރިޔާ ޗީފް މުސްތަފާ އަކީ ވެސް ހުށިޔާރު ފަހްލަވާނެ ކެވެ.

ޕީޕީއެމް އިސް ބޭފުޅަކު ވިދާޅުވީ އަދުރޭ އަކީ އެއްވެސް ތައުލީމެއް ނެތް މީހެއް ކަމަށާއި ދުނިޔޭ އާޖްފާޖް ރަގަޅަށް ނޭނގޭ މީހެއް ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ މީހެއްގެ އަތަށް ޕީޕީއެމްގެ ހުންގާނު ދެވިފައި ވުމުން މުޅި ޕާޓީ ސިޔާސީ ގޮތުން ފެއިލްކޮށްލާފައިވާ ކަމަށެވެ.

“ ހަގީގަތަކީ އަދުރޭ އަކީ ސިޔާސީ ބޮޑު ފެއިލިޔަރެއްގެ އިތުރުން އިލްމެއް ހިލްމެއް ތަޖްރިބާއެއް އަދި ތަނެއް ދޮރެެއް އިނގޭ މީހެއް ނޫން. އަބަދު ކަމަކީ ވައްކަން ކުރުމާއި ކަޓްނެގުން. އަބަދު ޕީޕީއެމް ދައްކައިގެން ސިޔާސީ ބޭފުޅުން އަތުން ހާހުން ހާހުން ލާރި ނަގައިގެން ހުންނަ މީހެއް ތި އަދުރޭ އަކީ.“ އޭނާ ނަން ނުޖެހުން ސަރުތުކޮށް ކިޔައިދިނެވެ.

އޭނާ ބުނީ ސަރުކާރަށް ވެސް ރަގަޅު ވަނީ އަދުރޭ ކަހަލަ މަރުމޯލް ކަނޑު ކޮހެއް އަތުގައި ޕީޕީއެމް ބޭއްވުން ކަމަށާއި އޭރުން ސަރުކާރަށް ވެސް ޕްރެސަރެއް ނެތް ކަމަށެވެ.

ތެދެކެވެ. މިދެންނެވި އެންމެ ބޭފުޅުން ބޮލަށް ގުއިރީފައި ޕީޕީއެމްގެ ނައު ފަރަކާއި ދިމާއަށް އެގެންދަނީ އިލްމެއް ހިލުމެއް ނެތް ޓިނު އަދުރޭ އެވެ. ވާނީވެސް އެހެންތާ އެވެ. ޑރ. މުއިއްޒުމެން ފަދަ ބޭފުޅެއް ޕާޓީ ތަންކޮޅެއް ހަރަކާތްތެރިކޮށް އުޅުއްވައިފި ނަމަ ވަށައިގެން ތިއްބެވި އެންމެ ބޭފުޅުން ހަރުކަށި ފިޔަވަޅު އަޅައެވެ.

ޖާހިލް ޓިނު އަދުރޭގެ ޕީޕީއެމް ހިންގާ ހިންމުމަށް ވުރެ، ކަނަކު އިސާ ނަމާދަށް ދިއުން ވެސް މާ ފުރިހަމަ ވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!