ފަގީރު ރޮޒައިނާގެ ދެމަފިރިންނަށް މާލޭން ގޯއްޗާއި އެކު ރިސޯޓް ހަދަން ރަށެއް ވެސް ދީފި
ދެންމެ | 27 ޖޫން 2023

ރިސޯޓު ތަރައްޤީކުރުމަށް އަގުހެޔޮކޮށް ޓުއަރިޒަމް މިނިސްޓްރީން ދޫކުރަން ނިންމި 16 ރަށުގެ ތެރެއިން ހއ.ވެލިފިނޮޅު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝީޒުގެ ހިއްސާ އޮންނަ ކުންފުންޏަށް ލިބިއްޖެއެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިކަމުގެ ސަބަބުން ކަމަށް ބުނެ ރިސޯޓުތައް ކުއްޔަށް ދޫކުރުމުގައި ނަގާ އިކުއިޒިޝަން ކޯސްޓު 30 އިންސައްތަ އަގުހެޔޮކުރުމަށްފަހު ޓުއަރިޒަމް މިނިސްޓްރީންވަނީ 16 ރަށެއް ބީލަމަށް ނެރެފައެވެ.

މިނިސްޓްރީން ބީލަމަށް ނެރުނު 16 ރަށުގެ ތެރެއިން 7 ރަށަކަށް 9 ކުންފުންޏަކުން ވަނީ ބީލަން ހުށަހަޅާފައެވެ. އެގޮތުން ހއ.ވެލިފިނޮޅު ހޯދުމަށް ބީލަން ހުށަހެޅި ކުންފުނިތަކުގެ ތެރޭގައި މެންބަރު ނާޝިޒުގެ ހިއްސާ އޮންނަ ޕާލް ސޭންޑްސް އޮފް މޯލްޑިވްސް ކުންފުނި ހިމެނެއެވެ.

ބޮޑުމިނުގައި 4.1 ހެކްޓަރު ހުންނަ ވެލިފިނޮޅު ޕާލް ސޭންޑްސްއަށް ދިނުމަށް ނިންމާފައިވާއިރު އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި އެ ކުންފުނިން ހުށަހަޅާފައިވަނީ 610،000 އެމެރިކާ ޑޮލަރު ނުވަތަ 9.4 މިލިއަން ރުފިޔާއެވެ.

މި ރަށް ޕާލް މޯލްޑިވްސްއަށް ލިބުނުކަން ޓުއަރިޒަމް މިނިސްޓްރީން އިއްޔެ އެ ކުންފުންޏަށް އަންގާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މެންބަރު ނާޝިޒަކީ އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމްގެ ފިރިކަލުންނެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!