މައި އޮފީހުން ވެސް އެމްޑީޕީ ބޭރުކޮށްލައިފި
ދެންމެ | 12 ޖުލައި 2023

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ މައި އޮފީސް ހިންގާ އެޑްރެސް ބަދަލުވެއްޖެއެވެ.

އެމްޑީޕީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެޕާޓީގެ މައި އޮފީސް ހިންގާ އިމާރާތް ބަދަލުވެފައިވާކަމަށެވެ.

އެގޮތުން އެޕާޓީގެ މައި އޮފީސް ދެން ހުންނާނީ ލިލީމަގުގައި ހުންނަ ގ. ނިއުޝާގައި ކަމަށް އެމްޑީޕީން ކަމަށް ބުނެފައިވެއެވެ.

ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީގެ އޮފީސް ހިންގަމުން އައީ ސޯސަންމަގުގައި ހުންނަ ހ. ޝަރާޝާ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށްފަހު ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ދެމެދު އުފެދިގެން ދިޔަ ޚިޔާލު ތަފާތު ތަކާއި ގުޅިގެން އެޕާޓީގެ ތެރޭގައި އުފެދިގެންދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ޒަމާންތަކެއް ވަންދެން އެމްޑީޕީ އިން ޖަގަހަ ހިންގަމުންދިޔަ ތަން ދޫކޮށްލާންޖެހުނެވެ. އަދި އެތަނުގައި މިހާރު ހިންގަމުންދަނީ އަލަށް އުފެދުނު ޕާޓީ، ޑިމޮކްރެޓްސްގެ ހަރުގެއެވެ.

އޭގެ ފަހުން އެމްޑީޕީގެ ރަސްމީ ހަރުގެއެއްގެ ގޮތުގައި އެއްވެސް ތަނެއް ހަމަޖައްސައިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!