މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ މައި އޮފީސް ހިންގާ އިމާރާތުން އެޕާޓީ ބޭރުކޮށް އެތަނުގައި ޑިމޮކްރެޓިކް ޕާޓީގެ ނައި އޮފީސް ހަދަން ނިންމައިފި އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާރާތުގެ ވެރިފަރާތުން ވަނީ އިއްޔެ ރަޖިސްޓްރީ ކުރި ޑިމޮކްރެޓިކް ޕާޓީ މައި އޮފީސް ހެދުމަށް އެތަން އެޕާޓީއަށް ދިނުމަށް ދިނުމަށް ގަސްތުކުރާ ކަން އެޕާޓީއަށް އަންގާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭގެ ވެރިފަރާތުން ވެރިކަމުގައި އޮތް އެމްޑީޕީ އެތަނުން ނެރެފައި ވަނީ ޑީއާރުޕީ ހިންގުމަށް އެ އިމާރާތް ބޭނުން ނުކުރެވޭނެ ކަމަށް ބުނެ އެވެ.
“ވެރިފަރާތުން ބުނީ އެމްޑީޕީއަށް ވެލިކާން ދޭން އޭނާގެ އިމާރާތެއް ބޭނުން ނުކުރެވޭނެ ކަމަން. އެހެންވުމުން އެމްޑީޕީ އަކީ މިހާރު ޑީއާރުޕީއަށް ވުމުން ތަނުން ބޭރު ކުރީ ކަމަށް“ މައުލޫމާތު އިނގޭ މީހަކު ކިޔައިދިނެވެ.
އެމްޑީޕީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެޕާޓީގެ މައި އޮފީސް ހިންގާ އިމާރާތް ބަދަލުވެފައިވާކަމަށެވެ.
އެގޮތުން އެޕާޓީގެ މައި އޮފީސް ދެން ހުންނާނީ ލިލީމަގުގައި ހުންނަ ގ. ނިއުޝާގައި ކަމަށް އެމްޑީޕީން ކަމަށް ބުނެފައިވެއެވެ.
ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީގެ އޮފީސް ހިންގަމުން އައީ ސޯސަންމަގުގައި ހުންނަ ހ. ޝަރާޝާ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށްފަހު ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ދެމެދު އުފެދިގެން ދިޔަ ޚިޔާލު ތަފާތު ތަކާއި ގުޅިގެން އެޕާޓީގެ ތެރޭގައި އުފެދިގެންދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ޒަމާންތަކެއް ވަންދެން އެމްޑީޕީ އިން ޖަގަހަ ހިންގަމުންދިޔަ ތަން ދޫކޮށްލާންޖެހުނެވެ. އަދި އެތަނުގައި މިހާރު ހިންގަމުންދަނީ އަލަށް އުފެދުނު ޕާޓީ، ޑިމޮކްރެޓްސްގެ ހަރުގެއެވެ.
އޭގެ ފަހުން އެމްޑީޕީގެ ރަސްމީ ހަރުގެއެއްގެ ގޮތުގައި އެއްވެސް ތަނެއް ހަމަޖައްސައިފައެއް ނުވެއެވެ.