ރައީސް އިބުރޭގެ ދެވަނަ ދައުރުގައި 7 ރުފިޔާއަށް ޑޮލަރެއް ހަދާނަން: ޖާބިރު
ދެންމެ | 13 ޖުލައި 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މިހާރު ބްރޭންޑެއް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކ. މާފުށި، ގުޅި އަދި ގުރައިދޫއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ގުޅީގައި މިއަދު ބޭއްވި ކަންމަތީ ޖަލްސާގައި ޖާބިރު ވިދާޅުވީ، ތައްޔާރަށް މިހުރީ ރައީސް ސޯލިހު އެއްބުރުން ވެރިކަމަށް ގެންނަން ރައްޔިތުން ބޭނުންވާތީ އެ މަސައްކަތް ކުރަން ކަމަށެވެ.

އަދި ރައީސް ސޯލިހަކީ މިހާރު ބްރޭންޑެއް ކަމަށާއި ކުރިން ތަގައްޔަރުވެފައި އޮތް ރާއްޖެ މިހާރު ސާފުކޮށް ރާއްޖެއަށް ޑޮލަރު ވަންނަމުންދާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

“ރާއްޖޭގެ ހުރިހާ ރައްޔިތުން ހިސާބު ޖަހައިފި، އަޅުގަނޑަކީ ހިސާބު އިލްމުވެރިއެއް ކަމަށް އަމިއްލައަށް ގަބޫލުކޮށްގެން ހުންނަ މީހެއް. ހިސާބުތަކުން ދައްކަނީ އެއްބުރުން ރާއްޖޭގެ ވެރިކަން ރައްޔިތުން ބޭނުންވަނީ އިބްރާހިމް މުހައްމަދު ސޯލިހުއަށް ދޭށޭ،” ޖާބިރު ވިދާޅުވި އެވެ.

ޖަލްސާގައި ޖާބިރު ވިދާޅުވީ، ވަކިވެގަތުމަކީ ރަނގަޅު ކަމެއް ކަމަށް ރާއްޖޭގެ އެއްވެސް ރައްޔިތަކު ގަބޫލުނުކުރާ ކަމަށާއި ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރާނީ ގުޅިގެން ތިބެގެން ކަމަށެވެ. އަދި “ޑޮލަރުން ތަޅާ ބަލިކޮށްގެން ނަމަވެސް މި އިންތިހާބު އެއްބުރުން ނަގާނަން” ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!