ޗާންދަނީގޭ އިސްމާއީލް ސުޖާ އާއި މިނިސްޓަރ އަބުދުﷲ ސާހިދުގެ ގުޅުމަކީ ތަންދޮރު ދަންނަ ސިޔާސީ އާޖްފާޖް ދަންނަ މީހަކު ސައްކު ކުރާނެ ގުޅުމެއް ނޫނެވެ.
އިސްމާލް ސުޖާ އިސްވެ ހުރެ އޮނަރަބަލް ގާސިމްގެ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމަކީ އާދައިގެ މެސެޖެއް ނޫނެވެ.
މީގެ އިތުރުން ޤާސިމްގެ އެޑްވައިޒަރުންގެ ގޮތުގައި ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަދި ޖޭޕީގެ ކުރީގެ ރައީސް އަލީ ވަހީދު އާއި ޗާންދަނީ އިސްމާއިލް ސުޖާއާއި އިބްރާހިމް ސުޖާ ހަމަޖެއްސުމަކީ ސީރިއަސް ކުޅިއެކެވެ.
ރައީސް ސޯލިހްގެ ރަނިންގ މޭޓްކަން ކަނޑައެޅުމަށް ކުޑަތަން ވެފައިވާއިރު ޝާހިދުގެ މެސެޖް ރައީސް ސޯލިހަށް ވަރަށް ސާފް ވާނެ އެވެ.
ޗާންދަނީ ސުޖާގެ ދެބެއިން ޖޭޕީއަށް ސޮއިކުރަށްވާފަ އެވެ. އަދި އެބޭފުޅުން ވަނީ އިތުރު 300 މެންބަރުންގެ ފޯމްވެސް ޖޭޕީގެ ލީޑަރާއި ޙަވާލު ކުރަށްވާފައެވެ.
ގާސިމް އިބްރާހިމަކީ ރާއްޖޭގެ ސިޔާސީ މައިދާނަށް އާދައިގެ ކުޅުންތެރިއެއް ނޫނެވެ. 2008 ވަނަ އަހަރުން ގެށިގެން ހުރިހާ ވެރިކަމެއް ގެންނެވި މޭސްތިރިޔާ އެވެ.
ރާއްޖޭގެ ސިޔާސީ ބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި ޤާސިމް އިބްރާހީމަކީ ރާއްޖޭގެ ”ކިންގ މޭކަރ“އެވެ. ކިންގ މޭކަރގެ ލަޤަބް ޤާސިމަށް ލިބިވަޑައިގަތީ މިދިޔަ 3 ރިޔާސީ އިންތިހާބުގައިވެސް އެމަނިކުފާނު ތާއީދުކުރައްވާ ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަންނަވާތީއެވެ.
ގާސިމަކީ ފައިސާވެރި ދީލަތި މަދަދުގާރެކެވެ. ރައްޔިތުންގެ އިހްސާސްތައް ދަންނަ އިގްތިސާދީ ފަހްލަވާނެ ކެވެ. ގައުމު ވެއްޓިފައިވާ މި އަނދަވަޅުން ހުއްލާލެވޭނެ މޭސްތިރިއެކެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލަށްވާނެ ކަމަށް އިޢުލާނުކޮށް ކެމްޕޭން ކުރެއްވި ނަމަވެސް، މިހާތަނަށް ޤާސިމް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައެއް ނުވެއެވެ. އަދި ރަނިންމޭޓަކުވެސް ކަނޑައަޅުއްވާފައެއް ނުވެއެވެ.