އަނބިކަނބަލުން ރަނިންމޭޓަކަށް ހަމަޖައްސަވައި، ޒަމީލް ރައީސް ކަމަށް ކުރިމަތި ލައިފި
ދެންމެ | 07 އޯގަސްޓް 2023

އަނބިކަނބަލުން ރަނިންމޭޓަކަށް ހަމަޖައްސަވައި، ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަަރު ހަސަން ޒަމީލް، އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފި އެވެ.

ޒަމީލް މިއަދު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ފޯމު އިލެކްޝަންސް ކޮމިޝަންގެ ރައީސް، ފުވާދު ތައުފީގުގެ އަތްޕުޅަށް އެރުއްވީ، އިންތިހާބީ މަރުކަޒު ހުންނަ ދަރުބާރުގެއަށް ވަޑައިގެން އޭނާ އަމިއްލައަށެވެ.

ޒަމީލްގެ ރަނިންމޭޓަކީ އަނބިކަނބަލުން މަރިޔަމް އަލީމް އެވެ. އަދި އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައިވަނީ އޭނާގެ ދަރިކަލުން، އަހްމަދު މަހުރާން ޒަމީލް އެވެ.

މިއީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރަނިންމޭޓަކަށް އަންހެން ބޭފުޅެއް ކަނޑައެޅި ފުރަތަމަ ކެންޑިޑޭޓެވެ. 2008 ގެ ރިޔާސީ އިންތިހާބުގައި އިބްރާހީމް އިސްމާއިލްގެ ރަނިންމޭޓަކަށް ވެސް އަންހެން ބޭކަނބަލަކު ހަމަޖެއްސެވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!