ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އައިޝަތު ރަފިއްޔާ އައުގުރާނަ ގޮވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި ރޭ ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރަފިއްޔާ ލަދުވެތި ކަމެއް ނެތި ބޭއަދަބީ ބަސްތައް ބޭނުން ކުރުމުން ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެގެން ދިޔައެވެ.
އެކަމާ ގުޅިގެން މިރޭ އޭނާ ފޭސްބުކް އެކައުންޓްގައި ޖެހި ޕޯސްޓެއްގައި ވިދާޅުވީ، އެ ޖަލްސާގައި އޭނާ ދެއްކި ވާހަކައިގައި ބޭނުންކޮށްފައިވާ އިބާރާތް ބޭނުންކޮށްފައި ވަނީ އެއްވެސް ހާލެއްގައި އައުގުރާނަގޮވުމާއި ބޭއަދަބީ އިބާރާތެއް ބޭނުންކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
އަދި އެ އިބާރާތް ބޭނުންކޮށްފައި ވާނީ ދިވެހި މުހާވަރާއެއް ބޭނުންކޮށް ސަމާސާ މިސާލެއް ވާހަކައިގައި ގެނައުމުގެ ނިޔަތުގައި ކަަމަށް ރަފިއްޔާ ވިދާޅުވިއެވެ.