ރިޔާސީ ބަހުސްގައި ރައީސް އިބުރޭ ބުހުތާން ދޮގު ހެދިކަން ފަޅައި އަރައިފި
ދެންމެ | 03 ސެޕްޓެމްބަރ 2023

ސަންގު ޓީވީ އިސްވެ، ގިނަ މީޑިއާތަކާ ގުޅިގެން މިރޭ ބޭއްވި ރިޔާސީ ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިތުރުފުޅު ހައްދަވައިފިއެވެ.

ރައީސް ސޯލިހް އިތުރުފުޅު ހެއްދެވީ މި ސަރުކާރުގައި އެމަނިކުފާނުގެ އާއިލީ ބޭފުޅުންނަށް ސަރުކާރުން ވަޒީފާ ދިނުމާ ގުޅިގެން ކުރި ސުވާލުގައި ޖަވާބުދެއްވަމުންނެވެ.

އެމްޑީޕީން އެންމެ ފުރަތަމަ ސިޔާސީ މަސައްކަތް ފެށީ އާއިލީ ވެރިކަމަކާ ދެކޮޅަށްކަން ފާހަގަކުރައްވަމުން ކުރި ސުވާލުގައި ބުނެފައިވަނީ މިއަދު ސިޔާސީ ހަގީގަތަކީ ރައީސް ސޯލިހްގެ އާއިލާ ސަރުކާރުގެ ތެރޭގައި އަށަގަނެފައިވާތަން ފެނުމެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ ރައީސް ސޯލިހްގެ ޅިޔަނެއް ކަމަށާއި ރައީސް ސޯލިހްގެ ސެކްރެޓަރީ ފާތުމަތު މުހައްމަދު ސޯލިހަކީ އެމަނިކުފާނުގެ ކޮއްކޮ ކަމަށް ބުނެފައިވެއެވެ.

އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދަކީ ވެސް ރައީސް ސޯލިހްގެ ކޮއްކޮއެއް ކަމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ގެ އަނބިކަނބަލުން (ރައީސްގެ އަނބިކަނބަލުންގެ ކޮއްކޮ) ހުންނެވީ ސިޔާސީ މަގާމެއްގައި ކަމަށް ބުނެފައިވެއެވެ.

އާއިލީ ވެރިކަމެއް ކުރާއިރު ކުރިމަތިވާ މައްސަލަތަކުގެ ވާހަކަ ދެއްކި ޕާޓީއިން މިއަދު ވެރިކަމަށް ވަޑައިގެން މިއަދު ދައްކަވަމުންދަނީ ކޮން މިސާލެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އާއިލާގެ އެއްވެސް މީހަކަށް ވަޒީފާއެއް ދީފައި ނޯންނާނެ ކަމަށެވެ

”ސީޕީ ހަމީދަށް ވަޒީފާ ދިނުމަށް ހުކުމް ކުރީ ސުޕްރީމް ކޯޓުން. ދެން ތިއްބެވި ބޭފުޅުންނަކީ ރައްޔިތުންގެ ކުރިމައްޗަށް ގޮސް އިންތިހާބުން ކާމިޔާބު ކޮށްގެން މަޖިލީހަށް ވަދެތިއްބެވި ބޭފުޅުން. އެހެންވީމަ އަޅުގަނޑާދޭތެރޭ ތި ވިދާޅުވީ ވަރަށް އިހާނެތި ބަހެއް. އަޅުގަނޑުގެ ސަރުކާރުގައި އާއިލާގެ އެއްވެސް ބޭފުޅަކަށް ވަޒީފާ ދީފައެއް ނުހުންނާނެ. އަދި ނުވެސް ދޭނަން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސެކްރެޓަރީ މަގާމުގައި ހުންނެވި އެމަނިކުފާނުގެ ކޮއްކޮ ފާތުމަތު މުހައްމަދު ސޯލިހަކީ ރައީސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ރައީސް އޮފީހުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެކަހަލަ ބޭފުޅުންނަކީ ސަރުކާރު ދެމެހެއްޓުމަށްޓަކައި ސަރުކާރުގައި ތިބެން ޖެހޭނެ ދުވަސްވީ ތަޖުރިބާހުރި ބޭފުޅުން ކަމަށްވާތީ ޒީފާއިން ވައްކެތް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސީޕީ ހަމީދު ވަޒީފާއިން ވަކިކުރެއްވީ ރައީސް ވަހީދުގެ ދައުރުގައި ފުލުހުންގެ ސިއްރުތަކެއް ލީކްކުރި ކަމުގެ ތުހުމަތުގައެވެ. ސްޕްރީމް ކޯޓުން ހުކުމްކުރީ ސީޕީ ހަމީދަށް ފުލުހުންގެ ވަޒީފާގައި ކުރަން ހުރި ރޭންކުގެ ވަޒީފާއެއް ދިނުމަށެވެ. އެކަމަކު، އެ މަގާމުގެ ބަދަލުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ދެއްވީ ރައީސް ސޯލިހެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!