މުސާރައިގެ މައްސަލައިގައި ޕީއެސްއެމް ޓެކްނިކަލް މުވައްޒަފުން އިހްތިޖާޖް ކުރަން ފަށައިފި
ދެންމެ | 21 އޯގަސްޓް 2023

މުސާރައިގެ މައްސަލައަކާއި ގުޅިގެން ޕީއެސްއެމް ޓެކްނިކަލްގެ ގިނަ އަދަދެއްގެ ސްޓާފުން އިހުތިޖާޖުކުރުމަށް މިއަދު އޮފީހަށް ސަލާމްބުނުމުގެ ސަބަބުން ޓީވީ ޗެނެލްތަކުގެ މަސައްކަތް ހުއްޓިއްޖެއެވެ.

މައުލޫމާތު ލިބިފައިވާއިތުގައި މުސާރައިގެ އެ މައްސަލާގައި މިއަދު ހެނދުނު ޝިފްޓުން އެކަނިވެސް ޓެކްނިކަލް ޕޫލްގައި މަސައްކަތްކުރާ 21 ސްޓާފަކު ވަނީ ސަލާމްބުނެފައެވެ.

މިއަދު ހެނދުނު ޝިފްޓްގައި 24 ސްޓާފުން ހިމެނޭއިރު، އޭގެ ތެރޭގައި އޮފް ޑިއުޓީގައި ތިބި މުވައްޒަފުންވެސް ހިމެނެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޕީއެސްއެމްގެ މިއަދުގެ ހެނދުނު ޝިފްޓު މަސައްކަތަކަށް ނުކުމެފައިވަނީ އެންމެ ކެމެރާމަނެކެވެ.

ޕީއެސްއެމްގެ ހެނދުނު ސްޓާފުން އިހްތިޖާޖުކުރުމަށްޓަކައި އޮފީހަށް ސަލާމް ބުނެފައިވާއިރު މެންދުރު ފަހު ސެޝަންގެ ހުރިހާ ސްޓާފުންވެސް އިހުތިޖާޖުކުރުމުގެ ގޮތުން ސަލާމްބުނުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޕީއެސްއެމްގެ ޓެކްނިކަލް ޕޫލަކީ ޓީވީ ޗެނަލް އަދި ރޭޑިއޯ ޗެނަލްގެ ލައިވްތަކާއި ރެކޯޑިންގތަކުގައި އަމަލީގޮތުން މަސައްކަތް ކުރާ މުވައްޒަފުންނެވެ. އެގޮތުން ޓެކްނިކަލް ޕޫލްގައި 63 މުވައްޒަފުން ހިމެނޭއިރު އިހުތިޖާޖުގައި ބައިވެރިވެ ނިވްސް އެންޑް ކަރަންޓް އެފެއަރޒްގެ ޓެކްނިކަލް ގިނަ މުވައްޒަފުންތަކެއްވެސް މިއަދު ވަނީ ސަލާމްބުނެފައިއެވެ.

ޓީވީއެމްގެ ޕްރޮޑިއުސަރަކު މައުލޫމާތުދީފައިވާގޮތުގައި މިއަދަކީ ލައިވް އަދި ރިކޯޑިންގތަށްވެސް ގިނަ ދުވަހެއްކަމަށްވާއިރު އެހާ ގިނަ ސްޓާފުން އެއްފަހަރާ ސަލާމްބުނުމުން ތަންއޮތީ ހުއްޓި މުޅިން ފަޅުތަނެއްގޮތުގައެވެ.

 

ޓެކްނިކަލް މުވައްޒަފުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދަނީ ދާދިފަހުން ޕީއެސްއެމްގެ ޕޭ ސްޓްރަކްޗަރއަށް ގެނައި ބަދަލާއި ގުޅިގެން އެކަމާއި ހިތް ހަމް ނުޖެހުމުން އެ މައްސަލަ ހައްލުކުރަން އުޅެއުޅެ ކުރިއެރުމެއް ނުލިބުމާއި ގުޅިގެންނެވެ.

 

އެ މުވައްޒަފުން ބުނިގޮތުގައި މުސާރައިގެ ކުރިއެރުމެއް ނުލިބި ތިއްބާ ޕޭ ސްޓަރަކްޗަރއަށް އަމަލުކުރަން ފެށުމާއި ގުޅިގެން ބައެއް މުވައްޒަފުންނަށް ބޮޑުވެފައިވަނީ 500 ރުފިޔާއާއި 50 ރުފިޔާއާއި، 30 ރުފިޔާގެ ކުރިއެރުމެކެވެ.

 

ނަމަވެސް ދާދިފަހުން އެމްޑީ ހިމެނޭހެން އެޗްއޯޑީގެ ހުރިހާ އެންމެންގެވެސް މުސާރަ ބޮޑުކޮށްފައިވާކަމަށް އެ މުވައްޒަފުން ބުނެއެވެ.

ނަމަވެސް ޓެކްނިކަލް ޕޫލްގެ މުވައްޒަފުންނާއި ޖެހުނީމައި އާ އޮނިގަނޑަށް އަމަލުކުރަންފަށާފައިވާކަމަށާއި އެކަމާއި ގުޅިގެން ޓެކްނިކަލް ސްޓާފުން އެދިގެން އެމްޑީ ބައިވެރިވެ އެޗްއާރު މީޓިންގް އެއް މިމަހުގެ 14 ވަނަ ދުވަހުވެސް ބާއްވާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ބައްދަލުވުމުގައި އެޗްއާރް ހެޑް މުހައްމަދު ޖިނާހު ވަނީ މުވައްޒަފުންނާ މުހާތަބުކޮށް ވަރަށް ހަރުކަށިކޮށް ވާހަކަ ދައްކަވާފައެވެ. އެގޮތުން އަޑުގަދަކުރާނަމަ އޭނާއަށްވެސް އަޑުގަދަ ކުރެވިދާނެކަމަށާއި، ޖަހަން ޖެހިއްޖެނަމަ ޖެހިދާނެކަމަށް ބުނެ މުވައްޒަފުންނަށް ބިރުދައްކާ، ބައްދަލުވުމުގައި ތިބި މުވައްޒަފުންނާ ދިމާލަށްވެސް ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ޕީއެސްއެމްގެ އެމްޑީ އަލީ ޚާލިދުވެސް މުވައްޒަފުންނާ ހުތުރުކޮށް ވާހަކަ ދައްކާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

އެގޮތުން ”ކަލޭމެންނާއި ދެން ބައްދަލުކުރާނީ ކަލޭމެން ތަހުޒީބުވި ދުވަހަކުން“ ކަމަށް ހާލިދު ވިދާޅުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

 

ޕީއެސްއެމްގެ ހިންގުން ދޯދިޔާވެ ހައްދުން ނެއްޓިފައިވާއިރު، އެމްޑީ ހިމެނޭހެން ހުރިހާ އެޗްއޯޑީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުންނެވެ. އެގޮތުން މިވަގުތުވެސް އެ ޓީމް ވީ އައްޑޫ ސިޓީގައެވެ.

 

މުސާރައިގެ މައްސަލައެއްގައި ޕީއެސްއެމްގެ ޓެކްނިކަލް ސްޓާފުން އިހްތިޖާޖަށް ނިކުތުމަށް ވަޒީފާއަށް ސަލާމް ބުނެފައިވާއިރު މައުލޫމާތު ލިބިފައިވާގޮތުގައި ޕީއެސްއެމްގެ އިވެންޓަތަކަށް މިހާރު ފޮނުވަނީ ބިޒްނަލް ޗެނެލްއިން ކެމެރާމަނަކު ގެނެސްގެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!