ވެރިކަމުގައި އަމިއްލަ އެކައުންޓް ފުރާލި މީހެއް ޔާމީން ނޫނީ ނެތް: ގާސިމް
ދެންމެ | 22 އޯގަސްޓް 2023

ކުރީގެ ރައީސް ޔާމިން ވެރިކަމުގައި ހުންނެވިއިރު އަމިއްލަފުޅު އެކައުންޓަަށް ފައިސާ ޖަމާކުރުމަށްފަހު އެމަނިކުފާނު ދައްކަވަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ށ ފޭދޫއަށް ވަޑަައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީންއަކީ އަނިޔާވެރިއެއްކަަމަށާއި އެއީ ނުރުހުނަސް ބަދަލުނުވާނެ ހަގީގަތެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

އަދި އެމަނިކުފާނަކީ ޔާމިންގެ އަނިޔާ ލިބުނު ބޭފުޅެއް ކަމަށް ޤާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއިން ސަލާމަތްވުމަށް، ޔާމިން ރައްޔިތުންނަަށް އޮޅުވާލައްވަމުން ގެންދަވާ ކަމަށެވެ. އަދި ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާއިން ސަލާމަތްވުމަށް ކޮންމެފަދަ ވާހަކައެއްވެސް ދައްކަވާފާނެކަމަށް ޤާސިމް ވިދާޅުވިއެވެެ. ޔާމިންއަށް ދައުވާ ކޮށްފައިވަނީ އެމަނިކުފާނު ނުކުރާ ކަމަކަށްތޯ ޤާސިމް ވަނީ ސުވާލު އުފައްދަވާފައެވެެ.

”އެއިން ބަރީއަވުމަށްޓަކައި ކޮން ވާހަކަ އެއްތޯ ދައްކަނީ. އަމިއްލަ އެކައުންޓަށް ޗެކް ޖަމާވެފައި އޮއްވައި، ދެން ކޮން އޮޅުވާލުމެއްތޯ، ލާރި މާރު ކުރީއޭ ޑޮލަރު ގަތީ އޭ، އަނެކެއްޗެކޭ ކިޔައިގެން ކާކަށްތޯ ނޭގެނީ، އޭގެ ކުރީގައި ހުރިތޯ އެލާރި ވެރިކަމަށް އައުމުގެ ކުރިން، ކީކޭތޯ ބުނާނީ، ދެން ޕާޓީގެ ލާރި އޭ ބުނަނީ ބުނާކަމަށް ވަންޏާ އެއީ ވެސް ގޯހެއްދޯ، އެއީ އެ ޕާޓީގެ ރައްޔިތުންގެ އެއްޗެއް އެެއީ ޕާޓީގެ ލީޑަރުވީމަ ހަމައެކަނި ކާލަން ދިން އެއްޗެއް ނޫން. އަމިއްލަ އެކައުންޓަށް ލާކަށް، ނޯ އެހެންވީމާ ދެކޮޅު ނުޖެހޭ ވާހަކަ ދެއްކީމަކާ ކަމަކު ނުދާނެ،“ ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ، ދިވެހި ރައްޔިތުން މިއަދު ހޭ އަރަންވެއްޖެ ކަމަށާއި އިހުލާސްތެރި ވެރިއަކު ދިވެހި ރައްޔިތުން ވޯޓް ދީގެން އިންތިހާބު ކުރަންޖެހޭ ކަމަށެވެ. ޤާސިމް ވިދާޅުވީ ރާއްޖޭގެ ބޮޑު ޕާޓީއެއް ކުޑަ ޕާޓީއެއް ނޯއްނާނެ ކަމަށާއި އެންމެންނަކީ ދިވެހި ރައްޔިތުން ކަމަށެވެ. ރައްޔިތުން މިއަދު ބޭނުންވަނީ އިހުލާސްތެރިކަމާއި އަމާނަތްތެރިކަމާއެކު ވެރިކަން ކޮށްދޭނެ ވެރިއެެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

”ރައްޔިތުން ބޭނުންވަނީ ޑައިނެމިކް ކޮށް ކަންތައްތައް ކޮށްދޭނެ ވެރިއެއް، އިންސާފުވެރި ކަމަަށް ލޯބިކުރާ އިސްލާމްދީނަށް ވަފާތެރިވާނެ އަހުލާގު ރަނގަޅު މީހެއް، އެމީހާ ތިބޭފުޅުން ހޯދުމަކީ އަޅުގަނޑުމެންގެ ގައުމުގެ ނަސީބު. އެއީ އަޅުގަނޑު ކަމަށް ވިޔަސް އެހެން މީހަކު ކަމަށް ވިޔަސް ކަޅުތުއްތުގެ ދޮންކަލޯ ކަމަށް ވިޔަސް މައްސަލަ އެއް ނެތް،“ ޤާސިމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!