ރައީސް އިބުރޭ އާއި ދެކޮޅަށް ވިލުފުށީގައި ކަރުދާހުން ހޮސްޕިޓަލާއި އެއަރޕޯޓް ގާއިމްކުރި މީހުންނަށް އިންޒާރުދީފި
ދެންމެ | 28 އޯގަސްޓް 2023

ރައީސް އިބުރޭ ވިލުފުއްޓަށް އަންނާތީ ރައްޔިތުން ނިކުމެ ބޯކަރުދާހުން ހޮސްޕިޓަލާއި އެއަރޕޯޓް ހަދައި ރިބަން ކަނޑައި ހުޅުވަން ތައްޔާރުކުރި މީހުންނަަށް ސަރުކާރުގެ ވެރިން އިންޒާރުދީފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލާއި އެއަރޕޯޓް ގާއިމް ކުރި މީހުނަށް ސަރުކާރުން ވަނީ ވަޒީފާގެ ބިރުދައްކައި އެކިއެކި ދަތިތަކާއި ކުރުވުމަށް ރާވަމުން ނެވެ.

އިއްޔެ ރައީސް އިބުރޭ ވިލުފުއްޓަށް ވަޑައިގަތުމާއި ދެކޮޅަށް މުޒާހަރާކޮށްފައިވާއިރު ބަދަރުމަތީގައި ވަނީ ހުސް ޕްލާސްޓިކް ކޮތަޅު އެލްވާފަ އެވެ.

2018 ވަނަ އަހަރު އިންތިހާބަށް ރައީސް އިބުރޭ ވީ ވައުދު ދައުރު ނިމުނު އިރުވެސް ފުއްދާފައި ނުވާތީ ރައީސް އިބުރޭއަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ރައްޔިތުން ނިކުމެ ބޯކަރުދާހުން އެއަރޕޯޓާއި ހޮސްޕިޓަލް ގާއިމް ކުރީ އިބުރޭ އެރަށް ދިއުމާއި ދިމާކޮށެވެ.

ވިލުފުށިން ވާހަކަ ދެއްކި މީހަކު ބުނީ ރައީސް އިބުރޭއަށް ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލައިގެން އަބަދު ނޫޅެވޭނެ ކަމަށެވެ.

“ އަޅުގަނޑުމެންނަކީ ކިޔަމަންތެރި ރައްޔިތެއް ދިރިއުޅޭ ރަށެއް. ވިލުފުށީ ރައްޔިތުންނަކީ ވެރިމީހާއަށް އިހްތިރާމް ކުރާ ރައްޔިތެއް. އެހެންނަމަވެސް ވެރިމީހާ ވެސް ނުވާނެ ރައްޔިތުން މިވަރަށް ގުބޯ ހައްދާކަށް.“ އޭނާ ބުންޏެވެ.

ވިލުފުއްޓަކީ އަބަދުވެސް އެމްޑީޕީއަށް ތާއީދު ބޮޑު ރަށެކެވެ. އެހެންނަމަވެސް މިހާރު ވިލުފުށީގައި އެމްޑީޕީގެ ތާއީދު ވަނީ ވަޅުޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!