ޑެޕިއުޓީ މިނިސްޓަރ ފިރުޒުލް މަގާމުން އިސްތިއުފާ ދެއްވައިފި
ދެންމެ | 30 ސެޕްޓެމްބަރ 2022

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުޙައްމަދު ފިރުޒުލް ޙުސެއިން ފިރާޒް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވިލިމާލެ ތަމްސީލު ކުރައްވާ ފިރުޒުލް، ފިނޭންސް މިނިސްޓްރީގައި އާންމުކޮށް ކުރެއްވީ ސަރުކާރު ކުންފުނިތަކާއި ގުޅޭ މަސައްކަތްތައް ބެލެހެއްޓެވުމުގެ މަސައްކަތެވެ.

އިސްތިއުފާ ދެއްވުމަށްފަހު އޭނާ ވިދާޅުވެފައިވަނީ، މަގާމުން އިސްތިއުފާ ދެއްވީ އެ މަގާމުގައި ހުންނެވުމުން، އަމިއްލަ ދިރިއުޅުމަށް ދެއްވަންޖެހޭ ވަގުތު ދެއްވަން ދަތިވާތީ ކަމަށެވެ. ނަމަވެސް، މި ސަރުކާރަށް ހިދުމަތް ކުރުމުގައި ދެމި ހުންނަވާނެ ކަމަށާއި، އެގޮތުން ރީޖަނަލް އެއަރޕޯޓްސްގެ ބޯޑު މެންބަރު ކަމުން އިސްތިއުފާ ދެއްވަން ގަސްދު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޞާލިޙަށް އިތުރު ދައުރެއް ހޯއްދަވައިދެއްވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް