ރައީސް ކަމަށް ގާސިމް ކުރިމަތިލީ ބަޔަކު ބިރުދައްކައި މަޖުބޫރު ކޮށްގެން: ރައީސް އިބުރޭ
ދެންމެ | 02 ސެޕްޓެމްބަރ 2023

ކުރިއަށް އޮތް ރިޔާސީ ދައުރުުގަ ޖުމްހޫރީ ޕާޓީން އެމްޑީޕީއާއެކު މަސައްކަތް ކުރާނެކަމަށް ލަފާކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދަޅުވީ މިއަދު ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކާމެދު ގާސިމް އިބްރާހިމް ހިތްހަމަޖެހިވަޑައިގަންނަވާކަމަށެވެ.

”ކައިރީގައި ތިއްބެވި ގާސިމަށް ލަފާ އަރުވާ ބޭފުޅުންގެ ވިސްނުން ތަފާތު ކަމަށް ވިދާޅުވި. އެހެންވީމާ މަޖުބޫރީ ހާލަތެއްގައޭ ތިމަންނަ މި ކުރިމަތިލަނީ. އެއީ ގާސިމު ވިދާޅުވާ ވާހަކައެއް،“ ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއާއެކު ގާސިމު މަސައްކަތްކުރުމުގެ ފުރުސަތު ނުލިބުނީ އެއްބަސްވުމަކަށް އެއްބަސް ނުވެވިގެން ނޫން ކަމަށެވެ. ނަމަވެސް ގާސިމްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ހިޔާލުތަފާތުވެލެއްވުމުންކަމަށެވެ. އަދި ކޯލިޝަނަކަށް ރައްޔިތުން ވޯޓުދޭ ހިސާބުން އެ ކޯލިޝަނަކަށް އިހުތިރާމް ކުރާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިހާރުވެސް އެމްޑީޕީން ކޯލިޝަން އެއްބަސްވުމަށް ބޯލަނބަމުން އަންކަން ފާހަގަކުރައްވާފައެވެ. އަދި ޖުމްހުރީ ޕާޓީއާ އެމްޑީޕީއާ ހިޔާލު ތަފާތިވިއަސް މަސައްކަތައް ހުރަސް އެޅޭފަދަ ކަންކަން ނުކުރާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ރައީސް ސޯލިހު މިއަދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!