ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހުޅުވާފައިވާ އެމްބަސީތައް ބޭނުން ކުރާނީ ރާއްޖޭއަށް ޑޮލަރުގެ އާއްމްތައް އިތުރުކުރުމަށް ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންގ މޭޓް ހުސެއިން އަމްރް ވިދާޅުވެއްޖެ އެވެ.
ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމުރް ވިދާޅުވީ ރާއްޖޭގައި ގާއިމް ކޮށްފައިވާ ބޭރު ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން ރާއްޖޭގެ މަސައްކަތްތެރިން އުފައްދާ ތަކެތި ރާއްޖޭން ބޭރަށް ވިއްކުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ.
މި ފަދަ ހާރިޖީ ސިޔާސަތެއްގެ ވާހަކަ ބަޔަކު އަލަށް އަދި މި ދެއްކީ
– ދިވެހި އެމްބަސީތައް ބޭނުން ކުރާނީ ރާއްޖޭގެ އުފެއްދުންތަކަށް ބޭރުގެ މާކެޓް ހޯދައި، ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށް @HusenAmr #illiAmr2023 pic.twitter.com/yjOUIxRlbb
— Luke (@lucasjalyl) September 3, 2023
އަމްރް ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިންގެ މަސައްކަތަށް ޑޮލަރުން އާއްމް ދަނީ ލިބޭނެ އިންތިޒާމެއް ހަމަޖެއްސާނެ ކަމަށެވެ. އަދި މުޅި އިގްތިސާދީ ހާރިޖީ ސިޔާސަތު ބަދަލު ކުރައްވާނެ ކަމަށެވެ.