ރިޔާސީ އިންތިހާބުގެ ކިންގް މޭކަރ ގެ ބާރު ނަސީދުގެ ޑިމޮކްރެޓިކް ޕާޓީއަށް ލިބިވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބުގެ ހުރިހާ ވޯޓެއްގެ ވަގުތީ ނަތީޖާ މިހާރު އިއުލާނުކޮށްފައިވާއިރު އެއްވެސް ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި ރައީސް އިބުރޭއަށް ލިބިވަޑައިގެންނެވީ އެންމެ 38 ވަރަކަށް ޕަސެންޓެވެ. ޕީއެންސީގެ ކެނޑިޑޭޓް މުއިއްޒަށް 46 ޕަސެންޓް ލިބިވަޑައިގެންނެވި އެވެ. އަދި ރައީސް ނަސީދުގެ ޑިމޮކްރެޓިކް ޕާޓީން ވަނީ 15 ހާހަށްވުރެ ގިނަ ވޯޓު ހޯއްދަވާފަ އެވެ.
ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެވޭނީ ރައީސް ނަސީދުގެ ޑިމޮކްރެޓިކް ޕާޓީގެ ތާއީދު ލިބިގެންދާ ބަޔަކަށްކަން ގާތްގަނޑަކަށް މިހާރު ވަނީ ކަށަވަރުވެފަ އެވެ.
ގުޅުންހުރި ލިޔުންތައް