ނުފޫޒު ގަދަ ޗައިނާ ސަފީރުގެ ލާމް ދަތުރުފުޅު، ނުފިލި ހަދާންތަކަކަށް!
ދެންމެ | 19 އޭޕްރިލް 2023

އެއީ ދުނިޔޭގެ އެންމެ ނުފޫޒާއި ބާރުގަދަ ޗައިނާ ސަފީރު ވާންގ ލިޒިންގ އެވެ. ލާމް އަތޮޅުގެ ގުދުރަތީ ރީތި ކަމުން އެކަމަނާގެ ހިތް ފަތަހަކޮށްފި އެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމު ޗައިނާގެ ސަފީރަށް ކައްދޫ އެއަރޕޯޓުން މަރުހަބާ ދެންނެވީ ލާމް އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ލާމް އަތޮޅުގެ އިސް ބޭފުޅުންނެވެ.

މިދަތުރުފުޅުގައި އެކަމަނާ ވަނީ ދިޓީވީގެ ކުރީގެ ސީއީއޯ އަދި ޒުވާން ވިޔަފާރިވެރިޔާ މަސްއޫދު ހިލްމީ އާއި ވެސް ބައްދަލު ކުރައްވާފަ އެވެ.

 

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އިގްތިސާދު ތަމްސީލް ކުރާ ޗައިނާގެ ސަފީރުގެ ދަތުރުފުޅުގައި ލާމް އަތޮޅުގެ ކައުންސިލްތަކާއި ގައުމީ ޔުނިވަރސިޓީއަދި މާންދޫ މަސްފެކްޓަރީގެ އިތުރުން ދަނޑުވެރިކަމުގެ ދަނޑުތަކަށް ޒިޔާރަތް ކުރައްވާފައި ވެއެވެ.

އެކަމަނާގެ ދަތުރުފުޅުގައި ބިން ބޮޑު ލާމް އަތޮޅުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ބެހޭ ގޮތުން ކައުންސިލްތަކާއި އެކު މަސްވަރާ ކުރެއްވި ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ކައުންސިލްތަކާއި ލާމް އަތޮޅުގެ ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި ބެހޭ ގޮތުން މަސްވަރާ ކުރެއްވި ކަމަށް މައުލޫމާތު ލިބެ އެވެ.

ޗައިނާގެ ނުފޫޒު ގަދަ ސަފީރު ލާމަށް ކުރެއްވި އެއްދުވަހުގެ ދަތުރުފުޅު އެކަމަނާގެ ޓްރީޓަރ ހޭންޑަލްގައި ބަޔާންކޮށްދީފައިވާއިރު، ލާމް އަތޮޅުގެ ގުދުރަތީ ރީތި ކަމަށް ތައުރީފް ކުރައްވާފައި ވެއެވެ.

އެކަމަނާގެ ޓްވީޓްގައި ޗައިނާ ސަރުކާރުން ގާއިމްކޮށްފައިވާ ރާއްޖޭގެ އެންމެ ދިގު މަގު ލާމް ލިންކް ރޯޑްގެ ސަބަބުން އެސަރައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިންތިހާއަށް ފަސޭހަ ވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ލ. ގަމްގެ ދަނޑުތަކަށް ރިޔާރަތް ކުރައްވާ ނަންގަވާފައިވާ ފޮޓޯތައް ހިއްސާ ކުރައްވާ ވިދާޅުވެފައި ވަނީ ގިނަ ލޯބި ހަދާތަކެއް ލާމް އަތޮޅުން ލިއްބައިދީފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!