ހ.ދ ހަނިމާދޫއާއި އިންޑިއާގެ ޓްރިވަންޑްރަމާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށާފައިވާކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.
މޯލްޑިވިއަނުން ބުނީ އެ ދަތުރުތައް އިއްޔެ ފަށައިފައިވާ ކަމަށެވެ. އެގޮތުން ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު ހަފުތާއަކު ދެ ފުލައިޓް ބާއްވާނެ ކަމަށާއި އެއީ ހުކުރު އަދި ހޯމަ ދުވަހުކަމަށް މޯލްޑިވިއަނުން މަޢުލޫމާތު ދީފައިވެއެވެ.
މޯލްޑިވިއަނުން ބުނީ ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު އަލުން ފްލައިޓްތައް ފެށުމުން އެސަރަޙައްދުގެ ރައްޔިތުންނަށް އިންޑިއާއަށް ދަތުރުކުރުމަށް އިތުރަށް ފަސޭހަވެގެންދާނެކަމަށެވެ.
ހަމައެއާއެކު އެ ސަރަޙައްދުގެ ފަތުރުވެރިކަމަށްވެސް އެކަމުގެ ސަބަބުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
ގުޅުންހުރި ލިޔުންތައް