އަކުރަމް ކަމާލުއްދީން އާރުޑީސީން އެކަނި  7 މިލިޔަން ވަގަށް ބަނޑުއަޅާލި ކަން ހާމަވެއްޖެ
ދެންމެ | 15 އޭޕްރިލް 2024

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާރުޑީސީން އެކަނި ވެސް 7 މިލިޔަން ރުފިޔާ ވަގަށް ބަނޑުއަޅާލައިފައިވާ ކަމަށް އިތުރުބާރު ހުރި މަސްދަރަކުން ހާމަވެއްޖެ އެވެ.

”ދެންމެ“ އަށް ލިބިފައިވާ ސިއްރު ލިޔުންތަކުން ހާމަވެފައިވާ ގޮތުގައި މިހާރު މައްޗަންގޮޅި މެދު ދާއިރާއަށް އެމްޑީޕީން ކުރިމަތިލާފައިވާ އަކުރަމް މި ބޮޑު ޖަރީމާ ހިންގާފައި ވަނީ އޭނާގެ ދަރިކަލުން ޖައުފަރު އަކްރަމް ހިއްސާ އޮންނަ އަލްކަޒާރ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކުއްފުއްޏަކަށް އާރުޑީސީގެ އެކައުންޓުން ސީދާ ފައިސާ ޖަމާކޮށްގެންނެވެ.

ސިއްރު ލިޔުންތަކުން ހާމަވާ ގޮތުގައި ބޭންކް މެދުވެރިކޮށް ހިންގާފައިވާ މި ބޮޑު ޖަރީމާގެ ތަފްސީލީ ސްޓޭޓްމެންޓް ބޭންކު އޮފް މޯލްޑިވެސް ވެސް ފެންނަށް ހުންނާނެ އެވެ.

ނިމިދިޔަ ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި ބަގުރޫޓް ފައްޔާޒު އަރިސް އަކުރަމް ކަމާލުއްދީނަކީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓް ލިސްޓްތަކާއި ބިންވެރިޔާ ސްކީމުން ދޫކުރި ގޯތި ލިސްޓްގައި ސަރުތު ހަމަނުވާ އެމްޑީޕީގެ އިސް ބައެއް ފަރާތްތަކަށް ނަންތައް ލިސްޓްގައި ވަގަށް ހިމެނިކަމަށް ތުހުމަތު ކުރެވޭ ފަރާތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމިދިޔަ ސަރުކާރުން ބޮޑެތި ޕްރޮޖެކްތައް ނުޒޫފު ބޭނުންކޮށްގެން މީނާގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ވަނީ ގިނަ އަދަދަކަށް އެވޯޑްވެސް ކޮށްފަ އެވެ.

 

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!