ބަށިން ހައްޓަށް ކުރާ އަސަރު!
ދެންމެ | 23 އޭޕްރިލް 2024

ބައްޓަކީ އޭގައި ގިނަ އަދަދަކަށް ސިއްހީ ފައިދާތައްވެސް އެކުލެވޭ އެއްޗެކެވެ. އެގޮތުން އިންފެކްޝަނާއި ފާރުވެފައި ހުންނަ ތަންތަނަށް ވެސް ރަނގަޅު އެއްޗެއް ކަމަށް ބެލެވެ އެވެ.

 

ބައްޓަކީ ކާބޯހައިޑްރޭޓާއި ކެލޮރީ މަދުން ހުންނަ ތަރުކާރީ އެކެވެ. އެހެން ކަމުން ބަށި ވެފައިވަނީ ބަރުދަން ލުއި ކުރުމަށް މަސައްކަތްކުރާ މީހުންނަށް ވެސް ވަރަށް ކަމުދާ އެއްޗެކެވެ. މީގެ އިތުރުން ބައްޓަކީ ހަށިގަނޑުގެ ހެމޮގްލޯބިން ލެވެލް ވެސް ރަނގަޅުކޮށްދޭ އެއްޗެކެވެ.

 

ބައްޓަކީ ފެނުގެ އިތުރުން ފައިބާވެސް ހިމެނޭ އެއްޗެކެވެ. އެގޮތުން ބަނޑުހަރުވުމުން ދުރުކޮށް ހަޖަމުގެ ނިޒާމުގެ ސިއްހީ ދުޅަހެޔޮކަން ލިއްބައިދެ އެވެ.

 

ބަށީގައި ހުންނަ މާއްދާއެއް ކަމަށްވާ އެންތޯޗަޔާނިންސް އަކީ ހަށިގަނޑުގައި ހުންނަ ނުބައި ސަރުބީތައް ދުއްވާލައި، ހެޔޮ ސަރުބީ ބެހެއްޓުމަށް ކާން ރަނގަޅު އެއްޗެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!